ޓެކްސީ ޑްރައިވަރުންގެ ހުށަހެޅުންތަކަށް ގޮތެއް ނިންމަން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ނިންމައިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ދަތުރުކުރާ އަގުތައް ބޮޑުކޮށް ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ސަރުކާރަށް ޑިމާންޑްތަކެއް ކުރުމަށްފަހު، އެކަމަށް އެދެވޭ ޖަވާބެއް ނުލިބުމުން މިއަދު މެންދުރު 13:00 އިން ފެށިގެން އެމީހުން ދަނީ ހުޅުމާލޭގައި ހިމޭން އިހްތިޖާޖެއް ކުރަމުންނެެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލު ހޯދައި، ސްޓޭކްހޯލްޑަރުންގެ މަޝްވަރާއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށެވެ.
ޓެކްސީގެ އަގުތަކުގެ މައްސަލާގައި ޓްރާންސްޕޯޓު މިނިސްޓްރީން އެދިގެން ޓެކްސީ ޚިދުމަތްދޭ ފަރާތްތަކުން އިއްޔެ ވަނީ މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވާފައެވެ. އެހެން ނަމަވެސް އަގުތަކާބެހޭ ސީދާ ޖަވާބެއް ނުލިބޭ ކަމަށް ޓެކްސީ ސެންޓަރުތަކުން ވަނީ ހާމަކޮށްފައެވެ.
އެ ބައްދަލުވުމުގައި، ޓެކްސީ ސެންޓަރުތަކުގެ ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ޓެކްސީ ސެންޓަރުތަކުގެ ހުރި އެކި ކަންބޮޑުވުންތައް ހިމެނޭ 11 ނުކުތާއެއް މިނިސްޓްރީއަށް ވަނީ ހުށަައަޅާފައެެވެ.
ތެލުގެ އަގަށް އައި ބަދަލާއެކު، ޓެކްސީގެ އަގުތައް ބޮޑުކޮށްދިނުމަށާއި، މީޓަރު ހަރުކޮށްދިނުމަށް ގޮވާލާ މީގެ ކުރިން ވެސް ސެންޓަރުތަކުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ބައްދަލުވުންތަކެއް ބާއްވާފައެވެ. ޓެކްސީގެ އަގުތަކުގެ މައްސަލާގައި ބައެއް ޑްރައިވަރުން ވަނީ އެމައްސަލައަށް ހައްލެއް ލިބެންދެން ދަތުރުތައް ކުރުން ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު