ލިންކް ރޯޑުގައި ހުރި ރުއްތައް ކަނޑާލާފައި
ލިންކް ރޯޑުގައި ހުރި ރުއްތައް ކަނޑާލާފައި
އައްޑޫ ލިންކު ރޯޑުގައި ހުރި ގިނަ ޢަދަދެއްގެ ރުއްތައް ކަނޑާލައިފިއެވެ.

އައްޑޫ ސިޓީގެ ލިންކް ރޯޑުގެ މެދުގައި ހުރި ގިނަ ޢަދަދެއްގެ ރުއްތައް ކަނޑާލާފައިވާތީ މީސްމީޑިއާގައި ގިނަބަޔަކުދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެ ސަރަޙައްދުން ފަސްދޮޅަހަށްވުރެ ގިނަ ރުއް ކަނޑާލާފައިވާ ކަމަށް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ ރުއްތައް ކަނޑާލީ ރުއްތަކުން މަގުމައްޗަށް ކުނިއެޅޭތީ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ޢާއްމު ރައްޔިތުންގެ ފަރާތުން ސިޓީކައުންސިލަށް ލިބެމުންދާކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

އޭގެއިތުރުން ރުއްތައް ދިގުވުމުގެ ސަބަބުން ސާފުކުރުމަށްވެސް ދަތިވެފައިވާ ކަމަށާއި, ފަނާއި ކާށިފަދަ އެއްޗެހިން ޖެހި މަގުގައި ދުއްވާ މީހުންނާއި އުޅަނދުތަކަށް ގެއްލުންތައް ލިބެމުންދާކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.



އައްޑޫ ލިންކުރޯޑުގެ ރީތިކަމުގެ ރަމްޒެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ މި ރުއްތައް ކަނޑާލާފައިވާއިރު އައްޑޫ ސިޓީކައުންސިލުން މިހާރު ވަނީ އެއްލައްކަ ރުއް އިންދުމުގެ ޕްރޮގްރާމެއްވެސް ފަށައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން