ރ. ވަންދޫ ކުނި މެނޭޖްކުރާ ސެންޓަރު އަންނަ ޖޫންމަހު އޮޕްރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެންވަޔަރަމެންޓުން ބުނީ މިއަހަރު ވަންދޫ ކުނި މެނޭޖްކުރާ ސެންޓަރު ބަދަލުތަކާއެކު އޮޕަރޭޝަނަށް އަންނާނެކަމަށާއި އެކަމުގެ ސަބަބުން ނ، ރ، ބ، އަދި ޅ. އަތޮޅުގެ ރަށްތަކުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލެވޭނެކަމަށެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ 3 ސަރަހައްދެއްގައި ގާއިމްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގެ އިތުރުން އެ ތަންތަނަށް ކުނި ގެންދެވެންދެން ކުނި ބަހައްޓާނެ ތަންތަންވެސް ހަދާނެކަމަށެވެ.
ރ. ވަންދޫގައި ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަކީ ވޯލްޑް ބޭންކުގެ އެހީގައި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިއީ ކުނި ނައްތާލުމަށްޓަކައި ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢެވެ. މިތަން 2016ވަނަ އަހަރު އޮޕަރޭޝަނަށް ގެނެސް ބައެއް ރަށްރަށުން އެމަރުކަޒަށް ކުނި ޖަމާކޮށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށިއެވެ.
މި ސެންޓަރު ބަލަހައްޓަނީ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓުންނެވެ.
އެ ފަރާތުން ބުނީ ވަންދޫގައި ކުނި ނައްތާލުމަށް ބަހައްޓާފައި ހުރި އިންސެނެރޭޓަރ ޕްލާންޓްގެ މެއިންޓަނަސް މަސައްކަތްތަކެއް ކުރަމުންދާކަމަށާ ޖޫންމަހަށް އެކަން ހައްލުކޮށް އޮޕްރޭޝަނަށް ގެނެވޭނެކަމަށެވެ.
މިރަށުގައި ކުނި ނައްތާލުމުގެ މަސައްކަތް ފަށާއިރު ނ، ރ، ބ، އަދި ޅ، މިހަތަރު އަތޮޅުގެ 45 ރަށަކާއި އެހަތަރު އަތޮޅުގައި އޮތް 47 ރިސޯޓްގެ ކުނި ނަގާނެކަމަށް ވެސް މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓުން ބުނެފައި ވެއެވެ.
ސަރުކާރުން ރާއްޖޭގެ ތިންސަރަހައްދެއްގައި ކުނި ނައްތާލާ މަރުކަޒުތައް ޤާއިމް ކުރަން ނިންމާފައި ވާއިރު އެއީ ވަންދޫއާއި ތިލަފުއްޓާ އަދި އައްޑޫގައެވެ.

ކިޔުންތެރިންގެ ހިޔާލު