ފައިސާގެ ސްކީމްތައް ހިންގާ މީހުންގެ ސައްހަކަން ކަށަވަރުކުރުމަށް ސީއެމްޑީއޭއިން އިލްތިމާސްކޮށްފިއެވެ.
ގޮތް ނޭނގޭ ސްކީމްތަކާއި ފަންޑުތަކުގައި އިންވެސްޓްކުރުމުގެ ކުރިން ސަމާލުވުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން އިލްތިމާސްކުރީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ ސްކީމްތަކެއް ހިންގާކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓް ވެސް ވަނީ ފްރީޒްކޮށްފައެވެ.
ސީއެމްޑީއޭއިން ވަނީ ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާފަރާތަކީ ރާއްޖޭގައި ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަލިބިފައިވާ ނުވަތަ އެފަދަ ފަންޑުތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓުނުކުރުމަށް ނަސޭހަތްތެރިވެފައެވެ.
އަދި ސެކިއުރިޓީޒް މުޢާމަލާތްތަކުގައި ޙަރަކާތްތެރިވުމަށް އެ އޮތޯރިޓީން ލައިސަންސްދީފައިވާ ފަރާތްތަކާއި ފަންޑު ހިންގާ ބެލެހެއްޓުމަށްޓަކައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުގައި ލިބެން ހުންނާނެކަމަށްވެސް ސީއެމްޑީއޭއިން ބުނެއެވެ. އެހެންކަމުން ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަކީ ހުއްދަ ލިބިފައިވާ ސްކީމެއްތޯ ބެއްލެއްވުމަށްފަހު ނޫނީ އެއްވެސް ފަންޑެއްގައި ނުވަތަ އެއްވެސް ސްކީމެއްގައި ބައިވެރިނުވުމަށްވެސް ސީއެމްޑީއޭއިން އެދިފައި ވެއެވެ.
އެމްއެމްއޭއިންވެސް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ހިންގާ ސްކީމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މަރުކަޒީ ބޭންކުން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސް ބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމްއެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިިބިފައިވާކަމަށެވެ.
އެމްއެމްއޭއިން ބުނީ މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށްކަމަށެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
މިހެންކަމުން މިފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫންކަމަށާއި އަދި ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަަށް އެފަރާތްތަކުން ދިން ފައިސާވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާންޖެހޭކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު