ރާއްޖެ އެތެރެކުރަން އުޅުނު 3.359 ކިލޯގެ މަސްތުވާތަކެތި ދިވެހި ކަސްޓަމުން
އަތުލައިގެންފިއެވެ.
ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.
ކަސްޓަމުން ބުނީ މާރިޗު 1 ވަނަ ދުވަހު ބަލާ ފާސްކުރި ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ބާވަތެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމުން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމް.ޑީ.އެމް.އޭ، އަދި މެފެޑްރޯން އަށް އެތަކެތި ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި 2022 މާރިޗު 6 ވަނަ ދުވަހު ބަލާ ފާސްކުރި ޕާރްސަލެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމުން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމުން ބުނެއެވެ.
ކަސްޓަމުން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.359 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 12,953,500.00 (ބާރަ މިލިއަން ނުވަސަތޭކަ ފަންސާސް ތިންހާސް ފަސްސަތޭކަ) ރުފިޔާއަށް އަރާކަމަށެވެ. އަދި މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައިވާކަމަށް ކަސްޓަމުން ބުނެއެވެ.
މިދިޔަ ޖަނަވަރީމަހު ފަހުކޮޅު ދިވެހި ކަސްޓަމުގައި ވަނީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްނިކަލް ޓީމެއް ތައާރަފްކުރެވި މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު