އަވައްޓެރި އިންޑިޔާގެ އިންޓެލިޖެންސް ރިޕޯޓްތަކަށް ރިއާޔަތްކޮށް ޓެރަރިޒަމްގެ ނަމުގައި ބައެއް ދިވެހިން ހައްޔަރުކުރަމުންދާ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމިން މިއަދު ތުހުމަތުކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދަ ތުހުމަތެއް ކުރެއްވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އދ. މަހިބަދޫގައި އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ރެލީގައި ވާހަަކަފުޅު ދައްކަަވަމުންނެެެވެ. މި ރެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދުﷲ ޔާމިން ވިދާޅުވީ އިންޑިޔާގެ އިންޓެލިޖެންސް ރިޕޯޓްތަކަށް ބަލައިގެން ޓެރަރިޒަމްގެ ނަމުގައި ބައެއް ދިވެހިން ހައްޔަރުކުރަމުންދާ ކަމަށެވެ. އަދި އިންޑިޔާއިން ދޭ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ދިވެހިން ހައްޔަރުކުރަމުންދަނީ އިންޓެލިޖެންސް ރިޕޯޓްތަކުގެ ސައްޙަކަން ސަރުކާރުން ކަށަވަރު ނުކޮށް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"ހަމަ ބަލާނުލައި ސަރުކާރުން އެމީހުންނާއި ދޭތެރޭ ފިޔަވަޅު އެ އަޅަނީ، އެ ފިޔަވަޅު އެޅުމަށްޓަކައި ޓެރަރިޒަމްގެ ނަމުގައި ނުވަތަ ކޮންމެވެސް އެހެން ނަމެއްގައި މިކަން ކުރާނަމަ ކޯޓަކާއި ހަމަޔަށް ނުގޮސް 48 ގަޑިއިރު ޖަހައިދޭން ރައްޔިތުންގެ މަޖިލީހުން އެ އޮތީ ފާސްކޮށްފައި، މި ނޫނިއްޔާ ހިއެއް ނުވޭ ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ މަންދޫބުން ދިވެހި ރައްޔިތުންނަށް މިހާ ނިކަމެތިކަމެއް ގެންނަން ވިސްނި ދުވަސް ވަރެއް އައިހެނެއް." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން މި މޭރުމުން ވާހަަކަފުޅު ދެއްކެވިއިރު ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ ދެ އިދާރާއަކާއި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން، ޖެނުއަރީ 06 ވަނަ ދުވަހު ދިވެހިރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި އައިއެސް ޖަމާއަތުގެ ފިކުރު ރާއްޖޭގައި ފަތުރާކަމަށް ބުނެ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ 2015 ވަނަ އަހަރުންފެށިގެން ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި މީނާ އިސްކޮށް ހަރަކާތްތެރިވަމުން އަންނަކަން އޮތީ ފާހަގަކުރެވިފައިކަމަށެވެ.
އަދި އޭނާ ދައުރު ކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި، ލިޔުންތައް ހުންނަނީ އެކި ޤައުމުތަކަށް އަމާޒުކޮށް، އެ ޤައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައިކަމަށް ފުލުހުން ބުނެއެވެ. އިތުރަށް ބެލިބެލުމުން، މި ގުރޫޕްތައް މެދުވެރިކޮށް، ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި، އެކަމަށް ހިތްވަރުދީ، ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމުގެ ބިރުދައްކައި އިންޒާރުދެމުން ގޮސްފައިވާކަންވެސް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމީހާ ރާއްޖޭގައި އެކަން ކުރާތާ 7 އަހަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު