އިންޑިޔާ އައުޓް ކެމްޕޭނާއި ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިނުވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އާންމު މެންބަރުންނަށް ރައީސް ނަޝީދު މިއަދު ވަނީ ގޮވާލައްވާފައެވެ.
އދ. މަހިބަދޫގައި އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން މިއަދު ވަނީ ރައީސް ނަޝީދުގެ އެގޮވާލެއްވުމަކީ "ކޮސް" ގޮވުމެއްގެ ގޮތުގައި ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމިން ވިދާޅުވީ ރައީސް ނަޝީދުގެ ގޮވާލުންތަކަށް އިޖާބަދީ އަޑުއަހާނެ މެންބަރަކު ޕީޕީއެމްގައި ނުހުންނާނެ ކަމަށެވެ. އަދި އެވަރު އެނގިވަޑައިނުގަންނަވާ ބޭފުޅުން ސިޔާސީ ކަންކަމުގައި އުޅުއްވުމަކީ ލަދުވެތި ކަމެއް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ކުރިމަތިލެވޭ މީހުންގެ ޝަރުތުތައް އަލުން ކަނޑައަޅަން ޖެހޭ ކަމަށެވެ. ރައީސް ނަޝީދު ފަދަ ހަނދާން ބަލި ބޭފުޅުންނަށް ދެން ފުރުސަތު ދިނުމާމެދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އުތުރުތިލަފަޅުގައި މަސައްކަތް ކުރާ އިންޑިއާ ސިފައިންނަށް ބޭނުން ހަތިޔާރެއް ގެނައުމުގެ ހުއްދަ ދިވެހި ސަރުކާރާއެކު ހެދި އެއްބަސްވުވަމުން ދީފައިވާ ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި އުޅެނީ ހަތިޔާރާއެކު ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"ރާއްޖޭގައި ހުރިހާ ތަނެއްގައި މި އުޅޭ މީހުންގެ (އިންޑިއާ ސިފައިން) އަތުގައި ހަތިޔާރު އެބަހުރި، ހަތިޔާރު ހުންނާނެ." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ރަައީސް ޔާމީން، އިންޑިއާއާ އިދިކޮޅަށް ހިންގަވާ ހަރަކާތަކީ ރައްޔިތުންގެ ތާއީދު އޮތް ހަރަކާތެއް ނޫން ކަމަށެވެ. އަދި އެއީ ދިވެހީންނަށް ގެއްލުން ދޭނެ ހަރަކާތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޕީޕީއެމް ގެ މެންބަރުންގެ ކިބައިން ވަރަށް އިހްލާސްތެރިކަމާއެކު އަޅުގަނޑު އެދެނީ ގައުމަށްޓަކައި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ނުލެއްވުމަށް،" ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު