ދާޚިލީ ހަނގުރާމައެއްގައި ބައިވެރިވުމަށް ގޮސް ހުއްޓާ ހާލުގައި ޖެހިގެން ސަރުކާރުގެ އެހީއަށް އެދުމުން މިއަދު ރާއްޖެ ގެނައި އަންހެން މީހާގެ ދަރިންނަށް ރާއްޖޭގެ ރަށްވެހިކަން ދޭނީ އެކުދިންގެ ޑީއެންއޭ ހެދުމަށްފަހުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައިބުނެފައިވަނީ މިއަދު ގެނައި އާއިލާގައި ހިމެނެނީ 33 އަހަރުގެ ދިވެހި އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުޑަ ކުދިން ކަމަށެވެ.
"އެ ހަތަރު ކުދިން އުފަންވީ ރާއްޖެއިން ބޭރުގައި ކަމަށްވުމާއެކު އެ ކުދިންގެ ރައްވެހިކަމާއި ރެޖިސްޓްރޭޝަނާ ގުޅޭކަންކަން ގާނޫނުނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތިން ޑީއެންއޭ ކަށަވަރުކުރުމަށް ވަނީ ހަމަޖައްސާފައެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގެ ގައުމެއްގައި ހިނގާ ދާޚިލީ ހަނގުރާމައަކަށް ގޮސް އަނބުރާ އަންނަ ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތަކާމެދު އަމަލުކުރުމަށް ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އެމީހުން ތިބީ ނެޝަނަލްރި-އިންޓެގްރޭޝަން ސެންޓަރުގައި އިދާރީ ބަންދެއްގައި ކަމަށެވެ.
ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން އެމީހުންގެ ރިސްކް އެސެސްމެންޓް ހަދައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެމީހުންގެ ތެރެއިން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަރާތެއް ވާނަމަ ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
މިއީ، ދިވެހިންގެ ތެރެއިން ހަނގުރާމަވެރި ސަހައްދުތަކުގައި ތާށިވެފައިތިބި އަންހެނުންނާއި ކުޑަކުދިން އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ފުރަތަމަ ހަރަކާތް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު