ބޮޑު އަގުގައި ދަތުރުކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިންނަމަވެސް ބޮޑު ކުރި އަގުތަކުގައި ދަތުރުކުރަން ޓެކްސީތަކުން ނިންމައިފި އެވެ.
މާލެ ސަރަހައްދުގެ ހުރިހާ ޓެކްސީ ސެންޓަރުގެ އިސްވެރިންނާއި، ޓެކްސީ ހިދުމަތުގެ ދާއިރާގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުން މިިދިޔަ މަހު 22 ވަނަ ދުވަހު ބައްދަލްވުމެއް ބޭއްވުމަށް ފަހު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިއްމައި އެކަން ވަނީ އިއުލާންކޮށްފައެެވެ.
ޓެކްސީ ސެންޓަރުތަކުންނާއި ބައެއް ޑްރައިވަރުން ބުނެފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް ޖަވާބެއް ދޭން ފުރުސަތު ދިނުމުންވެސް އެކަމަށް އިޖާބަ ދީފައިނުވާތީ ދަތުރުތަކުގެ އަގު ބޮޑުކުރަން ސެންޓަރުތަކުން އިއްތިފާގުވީ އަގުގައި ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކާރުތަކުގައި ދަތުރުކޮށްދޭނެ އަގުތައް ފެންނަން ހުންނާނެ ކަމަށް ޑްރައިވަރުން ބުނެފައިވެއެވެ. ދަތުރުކުރާނީ އެ އަގާމެދު ހިތްހަމަޖެހޭ ކަސްޓަމަރުން ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަގުތަކެއް ކަނޑައަޅައި އިއުލާންކޮށްފައެވެ. އެއީ މާލެއާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެއަށް 60 ރުފިޔާ، މާލެއިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ.
ޓެކްސީކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގު ނަގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުން ވެސް ވަނީ ދީފައެވެ.
ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތަކަކީ މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް 30 ރުފިޔާ، ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް، 25 ރުފިޔާހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާއަށެވެ.
މީގެއިތުރުން ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެއިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ ނެގުމަށްވެސް ވަނީ ނިންމާފައެވެ. އަދި މާލެއިން ހުޅުމާލެއަށް، ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް، 80 ރުފިޔާ ނަގާއިރު ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ ނެގުމަށް ވަނީ ނިއްމާފައެވެ. މީގެއިތުރުން މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120ރ. ނެގުމަށް ވަނީ ނިންމާފައެވެ.
ޓެކްސީ ސެންޓަރު ތަކުން ކަނޑައަޅާފައިވާ އަގުތަކަށް ހިދުމަތްދޭއިރު ރޭގަނޑު ދަންވަރު 12:00ގެ ފަހުން ކުރާ ކޮންމެ ދަތުރަކަށް އިތުރު ފަސް ރުފިޔާ ނަގަން ވަނީ ނިންމާފައެވެ.
ދަތުރުކުރާ އަގުތައް ބޮޑުކޮށް ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ސަރުކާރަށް ޑިމާންޑްތަކެއް ކުރުމަށްފަހު، ދަތުރުކުރުން ހުއްޓާލުމަށްފަހު ވަނީ އިހުތިޖާޖްވެސް ކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލު ހޯދައި، ސްޓޭކްހޯލްޑަރުންގެ މަޝްވަރާއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު