ސިފައިންގެ ތަމްރީނެއްގައި ހާލު ދެރަވި ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާ ދޭން ފަށައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުންދިޔަ ދެ ދަރިވަރަކު މާލެ ގެނެސްފައިވާ ކަމަށެވެ. އެ ދެ ދަރިވަރުން މާލެ ގެނައީ ފަރުވާއަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ދަރިވަރުންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ. ނަމަވެސް އެމީހުންގެ އެންމެފަހުގެ ހާލަތާއި ބެހޭގޮތުން އެމްއެންޑީއެފުން ވަކި އެެއްޗެއް އަދި ހާމައެއް ނުކުރެއެވެ.

މާފިލާފުއްޓަށް ތަމްރީން ހަދަން ދިޔަ ޒުވާން ސިފައިންގެ މީހަކު މިދިޔަ ހަފްތާގައި ވަނީ ނިޔާވެފަ އެވެ. ނިޔާވެފައިވަނީ ގދ. ގައްދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް އެވެ. ރާފިލް ނިޔާވީ ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު