މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލެ އަށް ކަރަންޓްގެ ޚިދުމަތްދޭ ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ މެންދުރު 2:00 އިން 03:30 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެ ކަމަށެވެ.

އެގޮތުން މާފަންނުގެ ޖަންބުމަގާއި އަސަރީ ހިނގުން އަދި މިރިޔާސްމަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެ އެެވެ.



މީގެ އިތުރުން އެކުންފުނިން‏ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، މާދަމާ ހެނދުނު 10:00 އިން 11:30 އަށް ހެންވޭރުގެ ޖަނަވަރީ ހިނގުމާއި، އަމީނީމަގު އަދި ބުރުޒުމަގުގެ އިތުރުން ލޮނުޒިޔާރަތްމަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯ އިން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު