އަންނަ ރޯދަ މަހު މުދާ ވިއްކާ ފިހާރަތަކުން ދަންވަރު 1:00 ޖަހަންދެން އަދި ކެފޭ ރެސްޓޯރަންޓްތަކުން 3 ޖަހަންދެން ހިދުމަތް ދެވޭނެ ކަމަށް އިކޮންމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އިކޮންމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މުދާ ވިއްކާ ތަންތަނުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ފަތިހު 5:30 އިން ފެށިގެން މެންދަމް 1:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި ހޮޓާ، ކެފޭ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ހަވީރު 5:30 އިން ފެށިގެން މެންދަމުން އަލިވެ 3:00 އަށް ރޯދަ މަހު ހިދުމަތް ދެވޭނެ ކަމަށް އިކޮންމިކް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެފަދަ ތަންތަނުން ފަތިހު 4:30 އިން މެންދަމު 3:00 އަށް ހިދުމަތް ދެވޭނެ ކަމަށް ވެސް އިކޮންމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން ކަނޑައެޅި ވަގުތުތަކަށް އިސްކަންދީގެން އެގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް އަންގާފަ އެވެ.



ކަލަންޑަރުގައި ބުނާގޮތުން މިއަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެެވެ.



ކިޔުންތެރިންގެ ހިޔާލު