ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ސުޕަރސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުރުމަށްޓަކައި ޚާއްޞަ ސްކޮލަރޝިޕް ސްކީމެއް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ތައާރަފް ކޮށްފިއެވެ.
މިއީ، ސަރުކާރުގެ އޮފީސްތަކުގެ 3 އަހަރުދުވަހުގެ "ޓްރެއިނިންގ ނީޑްސް" ގައި ފާހަގަކުރެވިފައިވާ، ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކުގެ ތެރެއިން ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނިގެބް ކުރިއަށް ގެންދާ ސްކީމެކެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސަރުކާރުން އެންމެ އިސްކަމެއް ދޭ ކަމަކީ މީހުން ބިނާކުރުން ކަމަށާއި ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން އުފެއްދިގެން ކަމަށެވެ. އަދި މި ސްކޮލަރޝިޕްތައް އުފެއްދި މައިގަނޑު ވިސްނުޅަކީ އެއީ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރުމަށް ސްޕެޝަލިސްޓުން ޓްރެއިން ކުރަން ނިންމީ އެ ޑޮކްޓަރުންގެ ޚިދުމަތް އެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ލިބެން ހުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ސަރުކާރަށް ގަބޫލު ކުރެއްވޭތީކަމަށެވެ.
މި ސްކީމްގެ ދަށުން ޑޮކްޓަރުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލާއި 6 ރީޖަނަލް ހޮސްޕިޓަލަކުން އެދިފައިވާ ދާއިރާތަކާއި ލެވެލްތަކަށެވެ. އެ 6 ރީޖަނަލް ހޮސްޕިޓަލަކީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުޞަމަދް މެމޯރިއަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، އަދި މ. މުލީ ރީޖަނަލް ހޮސްޕިޓަލެވެ.
މި ހޮސްޕިޓަލްތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 14 ދާއިރާއަކުން ތަމްރީނުކުރުމަށް އެދިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
އެ ދާއިރާތަކަކީ، އެނަސްތީސިއޮލޮޖީ، އިންޓާރނަލް މެޑިސިން، އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާރޖަރީ، ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، މެޑިކަލް އޮންކޮލޮޖީ، ޕީޑިއަޓްރިކް ނިއުރޮލޮޖީ، އޮޕްތަލްމޮލޮޖީ، ޑާރމަޓޮލޮޖީ، ނިއޯނޭޓޮލޮޖީ، ޕަލްމިނޮލޮޖީ، ނެފްރޮލޮޖީ، އެންޑްރޮކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް އަދި ގައިނޮކޮލޮޖީއެވެ.
މި ސްކީމްގެ ދަށުން 15 ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު