ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 61.8 އިންސައްތަ މުވައްޒަފުންގެ ބޫސްޓަރ ޑޯޒް ޖަހާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 61.8 އިންސައްތަ މުވައްޒަފުން ބޫސްޓަރ ޑޯޒް ޖަހާފައިވާއިރު، އެއީ ޖުމްލަ 135379 މުވައްޒަފުންނެވެ.

61.8 އިންސައްތަ މުވައްޒަފުން ބޫސްޓަރ ޑޯޒް ޖަހާފައިވާއިރު، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 99.8 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ 398243 މީހުންނެވެ. އަދި ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވަނީ 97.6 އިންސައްތަ މީހުންނެވެ. އެއީ މުޅި ޖުމްލަ 371170 މީހުންނެވެ.

ކޯވިޑުން ރައްކާތެރިވުމަށް ޖަހާ 3 ވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި ޖަހަން ފަށާފައިވަނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މިއާއެކު ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ރާއްޖޭގައި އަންނަނީ ބޫސްޓަރ ޑޯޒް ޖަހަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު