ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ބެލުމަށާއި، އެތަންތަނުގައި އުޅޭ މީހުންގެ ހިޔާލު ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ސާވޭއެއް ފަށައިފިއެވެ.
އެޗްޑީސީން ބުނީ މިއަދު ފެށި މިސާވޭ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެންމިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހިޔާގެ ހުރިހާ ފްލެޓަކަށް އެޗްޑީސީގެ ޓީމުތަކުން ހެނދުނު 10:00 އަކާއި ރޭގަނޑު 8:00 އާދެމެދުގެ ގަޑިތަކުގައި ދާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މި ސަރވޭގައި ހިޔާ ފެލެޓުތަކުގެ ފިނިޝިންގ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި އަދިވެސް އެހެނިހެން ބައެއް ޚިދުމަތްތަކާއި ގުޅޭގޮތުން ހިޔާލު ހޯދާނެކަމަށެވެ.
ހިޔާ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށް ދިން މުއްދަތު މި މިމަހުގެ ނިޔަލަށް ހަމަވާއިރު އެޗްޑީސީން މަސައްކަތް ކުރަމުންދަނީ މިމުއްދަތު ހަމަވާއިރު ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ދެނެގަތުމެވެ.
މީގެއިތުރުން ހިޔާގެ ޓަވަރުތަކުގެ ޢާއްމުތަންތަނާއި ޚިދުމަތްތަކާއި އަދި ޢިމާރާތް މެނޭޖްކުރަން ހިޔާގެ ފްލެޓުވެރިން އިންތިޚާބުކުރާ ވަކި ބޯޑެއްގެ ދަށުން ކުރިއަށްގެންދިޔުމަށްޓަކާ އެކުލަވާލަންޖެހޭ ކޯޕަރޭޓް ސޮސައިޓީ އުފެއްދުމާއި ގުޅޭގޮތުން ޚިޔާލު ހޯދާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މި ސާވޭގެ ތެރެއިން އެޗްޑީސީއިން ފްލެޓުތަކަށް ދެމުންދާ "ޖީޕޮން ނެޓްވޯކް" ޚިދުމަތާއި ގުޅޭގޮތުންވެސް ފްލެޓުގައި ދިރިއުޅޭ މީހުންގެ ޚިޔާލު ހޯދުމަށް ހަމަޖެހިފައިވާކަމަށެވެ.
އެޗްޑީސީން ބުނީ މިސަރވޭގައި މަޢުލޫމާތު ހޯދުމަށްދާ އެކޯޕަރޭޝަންގެ މުވައްޒަފުން ތިބޭނީ އޮފީސް ޔުނިފޯމުގައިކަމަށާއި މިސަރވޭގައި އެއްވެސް ފަރާތެއްގެ ޢާމްދަނީއާއި ބެންކް އެކައުންޓް ނަމްބަރާއި ކާޑުގެ މަޢުލޫމާތު ނުހޯދާނެކަމަށެވެ.

ހިޔާފުލެޓުގައި ގިނަ އަދަދަކަށް މީހުން ދިރިއުޅެންފަށާފައިވާއިރު، މިތަނުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ބޭނުންވާ އެކި ކަންކަން ދަނެގަނެ އިތުރަށް ފުރިހަމަކުރުމަށްޓަކައި، މިކުންފުނީގެ ފަރާތުން ސާރވޭއެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. pic.twitter.com/bXTHcSIZdF
— HDC (@hdcmaldives) March 10, 2022
ހިޔާ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށް ދިން މުއްދަތު މި މިމަހުގެ ނިޔަލަށް ހަމަވާއިރު އެޗްޑީސީން މަސައްކަތް ކުރަމުންދަނީ މިމުއްދަތު ހަމަވާއިރު ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ދެނެގަތުމެވެ.
މީގެއިތުރުން ހިޔާގެ ޓަވަރުތަކުގެ ޢާއްމުތަންތަނާއި ޚިދުމަތްތަކާއި އަދި ޢިމާރާތް މެނޭޖްކުރަން ހިޔާގެ ފްލެޓުވެރިން އިންތިޚާބުކުރާ ވަކި ބޯޑެއްގެ ދަށުން ކުރިއަށްގެންދިޔުމަށްޓަކާ އެކުލަވާލަންޖެހޭ ކޯޕަރޭޓް ސޮސައިޓީ އުފެއްދުމާއި ގުޅޭގޮތުން ޚިޔާލު ހޯދާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މި ސާވޭގެ ތެރެއިން އެޗްޑީސީއިން ފްލެޓުތަކަށް ދެމުންދާ "ޖީޕޮން ނެޓްވޯކް" ޚިދުމަތާއި ގުޅޭގޮތުންވެސް ފްލެޓުގައި ދިރިއުޅޭ މީހުންގެ ޚިޔާލު ހޯދުމަށް ހަމަޖެހިފައިވާކަމަށެވެ.
އެޗްޑީސީން ބުނީ މިސަރވޭގައި މަޢުލޫމާތު ހޯދުމަށްދާ އެކޯޕަރޭޝަންގެ މުވައްޒަފުން ތިބޭނީ އޮފީސް ޔުނިފޯމުގައިކަމަށާއި މިސަރވޭގައި އެއްވެސް ފަރާތެއްގެ ޢާމްދަނީއާއި ބެންކް އެކައުންޓް ނަމްބަރާއި ކާޑުގެ މަޢުލޫމާތު ނުހޯދާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު