ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވިޔަސް ކަރަންޓް އަގު ސްޓެލްކޯއިން ބޮޑުނުކުރާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ތެލުގެ އަގުބޮޑުކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ދަތުރުކޮށްދޭ އަގުތައް ބޮޑުކޮށްފައިވަނިކޮށެވެ.
ތެލުގެ އަގުބޮޑުވުމުން ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓްގެ އަގު ބޮޑުވެދާނެތޯ ބުނެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯއަށް އެސްޓީއޯއިން ތެޔޮ ސަޕްލައިކޮށްދެނީ ކުޑަ އަގެއްގައިކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމަކުން ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ އަގަށް ބަދަލެއް ނާންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާއެކު އެސްޓީއޯއިން ވަނީ ތެލުގެ އަގަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގައި ޓެކްސީ ހިދުމަތްދޭ މީހުން ވަނީ ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކުރާނެކަމުގެ އިންޒާރުދީ އަދި އަމިއްލައަށް އަގުތަކެއް ހަދައިގެން ބޮޑުއަގު ނަގަން ފަށައިފައެވެ.

Stelco ah sto in theyo supply kohdhenee flat rate ehga, theyo agu bodu vumakun tariff ah badhaleh naanaane
— Ahmed Shareef (@ShareefRangondi) March 12, 2022
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާއެކު އެސްޓީއޯއިން ވަނީ ތެލުގެ އަގަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގައި ޓެކްސީ ހިދުމަތްދޭ މީހުން ވަނީ ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކުރާނެކަމުގެ އިންޒާރުދީ އަދި އަމިއްލައަށް އަގުތަކެއް ހަދައިގެން ބޮޑުއަގު ނަގަން ފަށައިފައެވެ.
ކިޔުންތެރިންގެ ހިޔާލު