ރައީސްގެ ސިޔާސަތަކީ ރައްޔިތުންނަށް ބުރަ ނުވާނޭގޮތަށް ހިދުމަތް ދިނުންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ބައެއް ފަރާތްތަކުން ކަރަންޓްގެ އަގު ބޮޑުވެދާނެތޯ ބުނެ ސުވާލު އެފައްދަމުންދާތީ އެކަމާ ގުޅޭގޮތުން "ރަސް އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ..
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސިޔާސަތަކީ ރައްޔިތުންނަށް ބުރަ ނުވާނެ ގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ. އަދި ސްޓެލްކޯއިން ރައީސް ސާލިހުގެ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ދެމި ތިބޭނެކަމަށާއި، އެ މަގަށް މަސައްކަތާއި ހިދުމަތްތައްވެސް ދާނީ ރޭވިގެންކަމަށް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ވިސްނުންފުޅެއްވެސް އަދި ސިޔާސަތެއް ވެސް ނޫން މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތްތަކުގެ އަގުބޮޑުކުރުމަކީ. ސަރުކާރަށް ގެއްލުންވިޔަސް ނޫނީ ފައިދާ ނުވިޔަސް އެމަނިކުފާނު ބައްލަވަނީ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިއަށްވުރެ މާދަތި އުނދަގޫ، ކޯވިޑްގެ ހާލަތުގައިވެސް ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދިޔަ ޚިދުމަތުގެ އަގު ބޮޑުކޮށްފައި ނުވާ ޖަމަށެވެ.
"މިހާރު ރާއްޖެ އެކަމުން (ކޯވިޑްގެ ހާލަތުން) އަރައިގަންނަމުން ހަލުއި ދުވެލީގައި އިގުތިސާދު ވެސް ކުރިއާރާމުންދާއިރު ރައްޔިތުންނަށް ބުރަވާނެ ކަމެއް އެމަނިކުފާނު ނުކުރައްވާނެ. އެކަން ރައްޔިތުން ޔަގީންކުރަށްވާ." ރައީސް ޞާލިޙުގެ ސިޔާސަތު ހާމަކުރަށްވަމުން ޝަރީފް ވިދާޅުވިއެވެ.
ތެލުގެ އަގުބޮޑުވުމުން ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓްގެ އަގު ބޮޑުވެދާނެތޯ ބުނެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯއަށް އެސްޓީއޯއިން ތެޔޮ ސަޕްލައިކޮށްދެނީ ކުޑަ އަގެއްގައިކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމަކުން ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ އަގަށް ބަދަލެއް ނާންނާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާއެކު އެސްޓީއޯއިން ވަނީ ތެލުގެ އަގަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގައި ޓެކްސީ ހިދުމަތްދޭ މީހުން ވަނީ ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކުރާނެކަމުގެ އިންޒާރުދީ އަދި އަމިއްލައަށް އަގުތަކެއް ހަދައިގެން ބޮޑުއަގު ނަގަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު