މާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ކްރިކީލަ މަގު ޗާންދަނީ މަގާ ގުޅުނު ހިސާބުން ބިދޭސީ ފިރިހެނަކަށް ހަމަލާދީފައިވާ ކަަމަށެވެ. އެ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ ހަތެއް ޖެހިއިރު ކަމަށް ފުލުހުން ބުނެ އެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ. މި މާރާމާރީގައި އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެެވެ. ފުލުުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު