ތ. ދިޔަމިގިލީގައި މާރާމާރީއެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ތ. ދިޔަމިގިލީގައި މީހަކަށް ޙަމަލާދީފައިވާ ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މަޢޫލޫމާތު ދީފައިވެއެވެ.
"އަނިޔާ ލިބުނު ދިވެހި ފިރިހެންމީހާއަށް ރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުން." ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.
މާރާމާރީގައި ފަރުވާދެމުންއަންނަ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ދިޔަމިގިލީގައި ފަރުވާ ދެމުންގެންދާ 55 އަހަރުގެ ފިރިހެން މީހާގެ ކަރަށާއި ބުރަކަށި ހިމެނޭ ގޮތުން ގިނަ ޒަޚަމަތަކެއް ދީފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުންބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު