މިޔަރުގެ އުރަހަ ނެގުމަށްފަހު ބާކީބައި ކަނޑަށް އެއްލާލާ ވީޑިއޯއިން ކެޕްޗަރ ކޮށްފައި
މިޔަރުގެ އުރަހަ ނެގުމަށްފަހު ބާކީބައި ކަނޑަށް އެއްލާލާ ވީޑިއޯއިން ކެޕްޗަރ ކޮށްފައި
މިޔަރުގެ އުރަހަ ނެގުމަށްފަހު ބާކީބައި ކަނޑަށް އެއްލާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޢާއްމުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ޢާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ޑިންގީއެއްގައި މިޔަރުގެ މަސްވެރިކަން ކުރާ ތިން މީހަކު މިޔަރު ބާނައިގެން އުރަހަ ނެގުމަށް ފަހު މިޔަރު މޫދަށް އެއްލައިލާ މަންޒަރެވެ.

މި ވީޑިއޯ މީސްމީޑިއާގައި ޙިއްސާކުރި ފަރާތުން ބުނެފައިވަނީ މިއީ ފުވައްމުލަކު ރަސްގެފަންނު ކައިރިން ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.



މިކަމާ ގުޅިގެން ދަޢުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ރާއްޖޭގައި މިޔަރުގެ ބާވަތްތައް ހިފުމާއި، އެއިން އުފައްދާ ތަކެތި ބޭނުންކޮށްގެން ވިޔަފާރި ކުރުމަކީ 2010 ވަނަ އަހަރުން ފެށިގެން މުޅިން މަނާ ކަމެކެވެ. އޭގެ ކުރިން 1995 ގައި މިޔަރު ހިފުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަނާކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގައިވާ ގޮތުން މިޔަރުގެ ބާވަތްތައް ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި ބޭނުމާއި މެރުން ވަނީ މަނާކޮށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ބާވަތެއް ނެގުމާއި، އެބާވަތްތަކުން ވިޔަފާރި ކޮށްފިނަމަ 5،000 ރުފިޔާ އާއި 400،000 ރުފިޔާއާއި ދެމެދުގެ ޢަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ޙިމާޔަތް ކޮށްފައިވާ ބާވަތަކަށް ގެއްލުމެއް ދީފިނަމަ 3،000 ރުފިޔާ އާއި 300،000 ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން