ހއ. ބާރަށް ނެރު ފުންކުރުމާއި ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް 12 މާރޗް 2012 ގައި މޮބިލައިޒް ކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 12.17 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
މިމަޝްރޫޢުގެ ދަށުން، ކޮނެވޭ ނެރުގެ ދިގު މިނަކީ 755 މީޓަރު އަދި ފުޅާ މިނަކީ 33 މީޓަރެވެ. މި ނެރުކޮނުމަށް ހަމަޖެހިފައިވަނީ 8 މީޓަރުގެ ފުންމިނަށެވެ. މީގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ބަނދަރު 3.5 މީޓަރަށް ފުންކުރުމުގެ މަސައްކަތްވެސް މަޝްރޫޢުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މިވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ.
އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު