ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކްއެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި އެޗްޕީއޭ އިން ކަނޑައަޅައިފިއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި ވެސް މީހުން ބޭރުގައި އުޅެންޖެހޭނީ މާސް އަޅައިގެން ކަމަށް އެޗްޕީއޭއިން އަންގާފައިވަނީ ޑިސެންބަރު 2، 2020 ގައެވެ. މިއަދާ ހަމައަށްވެސް މާސްކު އެޅުން އޮތީ މަޖުބޫރު ކަމެއްގެ ގޮތުގައި ހަމަޖަައްސާފައެެވެ.
އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑު-19 އާ ގުޅިގެން ދިވެހި ރާއްޖޭގައި އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާތީ ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސް އެކަން އިއުލާންކޮށްފައެވެެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން އުވާލައި ކޮވިޑް-19އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އަދިވެސް ދެ ހާލަތެއްގައި މާސްކު އެޅުން މަޖުބޫރުވާނެ ކަމަށާއި، އެ ގޮތުން ސިއްހީ ހިދުމަތްދޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ މީހުންވެސް އެ ވަގުތު މާސްކު އެޅުން މަޖުބޫރުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ އިތުރަށް ވިދާޅުވީ ކޮވިޑު-19 އަށް ޕޮޒިޓިވްވާ ރޭޓް 20 ޕަސެންޓަށްވުރެ މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްރަށުގައި މާސްކު އަޅަން ޖެހޭނެ ކަމަށެވެ. ބަލީގެ އަލާމާތް ހުންނަ މީހުންނާއި ބަލިޖެހުމުން ނުރައްކާ ވެދާނެ މީހުންނާއި މިފަދަ މީހުންނާއި އެކުގައި އުޅޭ މީހުންނާއި ގިނަ މީހުން އެއްތަންވާ ތަންތަނާއި ހާލަތްތަކުގައި މާސްކު އެޅުމަކީވެސް އެދެވިގެންވާ ކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު