ޕާޓީ ހިންގުން އެހެން މަރުހަލާއަކަށް ގެންދަން އެމްޑީޕީގެ މެމްބަރުން ބޭނުންވާކަން ހާމަވަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޟް މިހެން ވިދާޅުވީ މުލަކު އަދި ނިލަންދެ އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގައި ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.
ފައްޔާޟް ވިދާޅުވީ ޕާޓީގެ ހިންގުން އެހެން މަރުޙަލާއަކަށް އުފުލާލަން މެންބަރުން އެދޭކަމަށެވެ. އަދި އެކަން އިރާދަކުރެއްވިއްޔާ އެގޮތަށް ކޮށްދެއްވާނެ ކަމަށް ކެނޑިޑޭޓް ފައްޔާޒް އިސްމާއިލް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒު ވާދަކުރައްވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހާއި އެމްޑީޕީގެ މަޖިލީސް މެންބަރުން އަދި ސަރުކާރަށް ތާއީދުކުރާ ގިނަ ބައެއްގެ ތާއީދު ބޮޑީ ފައްޔާޒަށްކަން ފާހަގަކޮށްލެވެއެވެ. އަދި ރަށްރަށަށް ފައްޔާޒު ވަޑައިގަތުމުން އޭނާއަށް ރަށްރަށުންވެސް ބޮޑު ތާޢީދެއް އޮންނަކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

މުލަކު އަދި ނިލަންދެ އަތޮޅަށް ކުރި ކެމްޕޭން ދަތުރުގައި ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވަން.
— Fayyaz Ismail (@faya_i) March 13, 2022
ޕާޓީގެ ހިންގުން އެހެން މަރުޙަލާ އަކަށް އުފުލާލަން މެންބަރުން އެދޭ. އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެ
ފައްޔާޟް ވިދާޅުވީ ޕާޓީގެ ހިންގުން އެހެން މަރުޙަލާއަކަށް އުފުލާލަން މެންބަރުން އެދޭކަމަށެވެ. އަދި އެކަން އިރާދަކުރެއްވިއްޔާ އެގޮތަށް ކޮށްދެއްވާނެ ކަމަށް ކެނޑިޑޭޓް ފައްޔާޒް އިސްމާއިލް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒު ވާދަކުރައްވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހާއި އެމްޑީޕީގެ މަޖިލީސް މެންބަރުން އަދި ސަރުކާރަށް ތާއީދުކުރާ ގިނަ ބައެއްގެ ތާއީދު ބޮޑީ ފައްޔާޒަށްކަން ފާހަގަކޮށްލެވެއެވެ. އަދި ރަށްރަށަށް ފައްޔާޒު ވަޑައިގަތުމުން އޭނާއަށް ރަށްރަށުންވެސް ބޮޑު ތާޢީދެއް އޮންނަކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު