ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެކުލަވާލެވިފައިވާ މާސްޓަރ ޕްލޭނާއި އެއްގޮތަށްކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިއަދުގެ ޖަލްސާގައި ޖާބިރު ސުވާލުކުރެއްވީ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނާއި ގުޅޭގޮތުންނެވެ.
ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގައި ގިނަ ޕާޓީތަކަށް ވާދަކުރެވޭ އިންތިހާބުތައް ބާއްވަން ފެށި ފަހުން ތަރައްޤީގެ ޕްލޭނަށް ވެފައި އޮންނަނީ ޕާޓީތަކުގެ މެނިފެސްޓޯކަމަށެވެ.
އަސްލަމް ވިދާޅުވީ މި ސަރުކާރުންވެސް މަސައްކަތްކުރައްވަނީ އެ ޕްލޭންގެ ދަށުންކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ މެނިފެސްޓޯގެ ދަށުން ޤައުމު ތަރައްޤީ ކުރުމަށްޓަކައި ޚާއްސަ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ތައްޔާރުކޮށް، އެޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ޤައުމީ ތަރައްޤީގެ ޕްލޭންގެ ދަށުން ރާއްޖެ 3 ރީޖަނަކަށް ބަހާލައި 6 ޒޯނެއްގެ ތެރޭގައި 26 ބަޔަކަށް ބަހާފައިވާނެކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ރަނގަޅު ފެންވަރެއްގައި ގާއިމުކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތަކަށްވާއިރު އެޕްލޭންގެ ދަށުން ފެރީ ނެޓްވޯކިންގެ ޕްލޭނެއްވެސް މިހާރު އަގުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
2022ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ، ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު، މި އަހަރަކީ، ތަރައްޤީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށްވުރެ އެތައް ގުނައަކަށް ޙާޞިލްކުރެވޭނެ އަހަރެއް ކަމުގައި ވާނެކަމަށެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަޙްރޫމްވެފައި ތިބި އަސާސީ ޚިދުމަތްތައް، އެ ރަށްރަށުގައި ޤާއިމުކުރުމަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫޢެއް މި އަހަރުގެ ތެރޭގައި ނިމިގެންދާނެކަމަށެވެ. އަދި އެފަދަ ކިތަންމެ އާ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ވަޢުދުވެވަޑައިގެންނެވި ތަރައްގީގެ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ފަށާފައިވާ މަޝްރޫޢޫތައް 2022ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށާއި، ކޯވިޑުން އަރައިގަތުމުގެ ރާއްޖެއިން މަސައްކަތްކުރަމުން ގެންދާއިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު 2023ވަނަ އަހަރާހަމައަށްދާއިރު، 2019ވަނަ އަހަރު އޮތް ހާލަތައް ގެންދެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން pic.twitter.com/5qP1pSwj7p
— People's Majlis (@mvpeoplesmajlis) March 14, 2022
2022ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ، ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު، މި އަހަރަކީ، ތަރައްޤީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށްވުރެ އެތައް ގުނައަކަށް ޙާޞިލްކުރެވޭނެ އަހަރެއް ކަމުގައި ވާނެކަމަށެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަޙްރޫމްވެފައި ތިބި އަސާސީ ޚިދުމަތްތައް، އެ ރަށްރަށުގައި ޤާއިމުކުރުމަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫޢެއް މި އަހަރުގެ ތެރޭގައި ނިމިގެންދާނެކަމަށެވެ. އަދި އެފަދަ ކިތަންމެ އާ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ވަޢުދުވެވަޑައިގެންނެވި ތަރައްގީގެ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ފަށާފައިވާ މަޝްރޫޢޫތައް 2022ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށާއި، ކޯވިޑުން އަރައިގަތުމުގެ ރާއްޖެއިން މަސައްކަތްކުރަމުން ގެންދާއިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު 2023ވަނަ އަހަރާހަމައަށްދާއިރު، 2019ވަނަ އަހަރު އޮތް ހާލަތައް ގެންދެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު