ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުންނެވި އާދަމް މުޙައްމަދު މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު، ޕީސީބީން ބުނީ، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި އާދަމް މުޙައްމަދު ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންނާއި މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުން މިއަދު ވަކިކޮށްފައިވާކަމަށެވެ. އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމަށް އޭނާ އައްޔަންކުރައްވާފައިވާކަމަށް ޕީބީސީން ބުނެއެވެ.

މީގެއިތުރުން މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަފީޤް، އެމަޤާމުން ވަކިކޮށްފައިވާކަމަށްވެސް ޕީސީބީން ބުންޏެވެ. ނަމަވެސް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އަދި ބޭފުޅަކު އައްޔަންކޮށްފައެއް ނުވެއެވެ.

ސަރުކާރުން ވަނީ މިމަހުގެ 1 ވަނަ ދުވަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ޙަސަން މުޣުނީ ވަކިކޮށް، އެމަޤާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް އެ މަޤާމަށް އައްޔަންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން