ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހުޅުވުމުގެ ހުއްދައަކަށް އެދި ބޭރުގެ ކުންފުންޏަކުން މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ހުށަހަޅައިފިއެވެ.

ޑިޖިޓަލް ބޭންކު ހުޅުވުމުގެ ހުއްދައަށް އެދިފައިވަނީ ދުބާއީގައި ޓެކްނޮލޮޖީ ވިޔަފާރިކުރާ މޮޖޭ ގްލޯބަލް ހޯލްޑިންގްސްއިންނެވެ.

ޑިޖިޓަލް ބެންކު ޤާއިމްކުރުމުގެ ހުއްދައަށް އެކުންފުނިން އެމްއެމްއޭއަށް ހުށަހެޅީ މިދިޔަމަހުގެ ފަހަކޮޅުއެވެ. މޯޖޭއިން ބުނާގޮތުގައި މި ބޭންކް ހުޅުވުމުގެ ސަބަބުން ދިވެހި ރާއްޖޭގައި މިހާރު ޚިދުމަތް ދޭ ބޭންކުތަކަށް 37.5 އިންސައްތައާއި 44.4 އިންސައްތައާއި ދެމެދުގެ ކުރިއެރުމެއް ހޯދާނެއެވެ.

މޯޖޭއިން ބުނާ ގޮތުގައި، ރާއްޖޭގައި ޤާއިމުކުރާ ޑިޖިޓަލް ބޭންކުން ވަރަށް ބޮޑަށް މާލީ ދާއިރާގައި ދެމުންއަންނަ ޚިދުމަތް ފުޅާކުރާނެއެވެ. އެގޮތުން ފަސޭހަ ކަމާއިއެކު އެކައުންޓު ހުޅުވައި ލޯނަށް އެދި ކަންކަން ކުރެވޭ ނިޒާމެއް ޤާއިމު ކުރާއިރު، ޔޫއޭއީ، ބްރެޒިލް، އިންޑިއާ އަދި އެމެރިކާއަށްވެސް އެކުންފުނީގެ ޑިޖިޓަލް ބޭންކިން ޚިދުމަތް ފުޅާ ކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

މޮޖޭ ގްލޯބަލް ހޯލްޑިންގްސްއިން ރާއްޖޭގައި ޑިިޖިޓަލް ބޭންކެއް ޤާއިމްކުރުމަށް ހުށަހަޅާފައިވާއިރު، މީގެ ކުރީން އެސްޓީއޯއިންވެސް ވަނީ ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހުޅުވުމަށް އެމްއެމްއޭއަށް ހުށަހަޅާފައެވެ. ނަމަވެސް އެސްޓީއޯއަށް އަދި ހުއްދަ ލިބިފައެއް ނުވެއެވެ. ނަމަވެސް މިއަހަރު ފަހުކޮޅު މި ހުއްދަ ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން