ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައި، އޭނާގެ "ކިންގްސް ފޮރެކްސް ޓްރޭޑިން" ކުންފުނިން ހިންގާ އިންވެސްޓްމަންޓް ފަންޑުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ރާއްޖޭގައި ބޮޑު ފްރައުޑެއް ހިންގާކަމަށް ބުނެ ފްރީޒްކުރީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކުންފުނީގެ އެކައުންޓް ކަމަށް އަލްހާންވެސް ވަނީ ވިދާޅުވެފައެވެ. އާންމުންގެ އަތުން ފައިސާ ހޯދައިގެން އޭނާ ކުރާ ވިޔަފާރިއަކީ ފޮރެކްސް ކަމަށް އަލްހާން ވިދާޅުވެއެވެ.

ފުލުހުން މިއަދު ބުނީ، މި ވަގުތު ކުރިއަށްދަނީ މައްސަލައިގެ ތަހުގީގުގެ ކުރިން ބަލަންޖެހޭ ކަންކަން ދެނެގަތުން ކަމަށެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ހިންގާ ސްކީމްތަކަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ. މަރުކަޒީ ބޭންކުން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސްބުކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިިބިފައިވާކަމަށެވެ.

އެކަމާ ގުޅިގެން އަލްހާންގެ "ކިންގްސް ފޮރެކްސް ޓްރޭޑުން" ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސުން ފޯނުންގުޅާ އެކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެކަމާގުޅިގެން ބޭންކާ ދެކޮޅަށް ދަޢުވާކުރާނެ ކަމަށާއި އެ ކުންފުނީގައި އިންވެސްޓް ކޮށްފައިވާ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ ގޮތްތައް ހޯދަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީންވެސް ވަނީ ކުންފުނިތަކުގައި އިންވެސްޓް ކުރުމުގެ ކުރިން އެއީ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން