އެމެރިކާގެ ބޮސްޓަންގައި މާރިޗް 13 އިން 15 އަށް ކުރިއަށްދާ ސީފުޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޑރ ޙުސައިންރަޝީދު ޙަސަން ބޮސްޓަންއަށް ވަޑައިގެންފިއެވެ.

މި އެކްސްޕޯގައި ރާއްޖޭގައި މަހުގެ އުފެއްދުންތައް އުފައްދައި އެކްސްޕޯޓްކުރާ ގިނަ ކުންފުނިތަކަކުން ބައިވެރިވެފައިވެއެވެ.

މި އެކްސްޕޯއިން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިޝްތިހާރުކޮށް މާކެޓް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ބޭރުގެ ބާޒާރުތަކުގައި އޮތް ފުރުޞަތުތައް ދެނެގަނެވި ދިވެހި މަސް އެކްސްޕޯޓްކުރުމަށް އިތުރު ބާޒާރުތައްހޯދުމަށް މަގުފަހިވެގެންދާނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިފަދަ އެކްސްޕޯތަކުގައި ބައިވެރިވުމަކީ، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު މަގު ފަހިކަމެއްލިބިގެންދާނެ ކަމެކެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން އާއި ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ކެލިފޯނިޔާގެ ޔުނިވަރސިޓީ އޮފް ސެންޓަ ބަރބަރާގެ ސައިންޓިސްޓުންނާއި ބައްދަލުކޮށް، ހިމާޔަތްކުރެވިފައިވާ ތަންތަނާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްޤީ ކުރުމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން