ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުންޏާއި ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުން ނެރުނު ބަޔާންތަކާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ އޭނާގެ މަސްލަހަތު އޮންނަ ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުންޏަށް ފައިސާ އިންވެސްޓްކޮށްގެން ފޮރެކްސް ޓްރޭޑްކުރާ ފަރާތްތަކުން ސަމާލުވުމަށް އަންގައި އެކުންފުނީގެ އެކައުންޓްތައް ގަނޑުކުރުމާއި ގުޅިގެންނެވެ.
އެމްއެމްއޭއިން ބުނީ މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށްކަމަށެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ. މިހެންކަމުން މިފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫންކަމަށާއި އަދި ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަަށް އެފަރާތްތަކުން ދިން ފައިސާވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާންޖެހޭކަމަށް އެމްއެމްއޭއިން ބުނެއެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ އެމްއެމްއޭއިން އޭނާގެ ކުންފުންޏާ މެދު ކުރާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއްކަމަށެވެ. އަަދި އެ އިދާރާއިން ނެރުނު ބަޔާނާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލްހާންގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ ކުރީގެ ދެ ފަނޑިޔާރުން ކަމުގައިވާ މުޙައްމަދު ޙަލީމާއި، އަޙްމަދު ހައިލަމް ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ފޯރެކްސް ޓްރޭޑިންއަކީ މަނާ ކަމެއް ކަމަށް ބަޔާންވެފައި ނުވާތީ، އެއީ ހުއްދަ ނޫން ކަމަކަށް ނުބުނެވޭނެ ކަމަށެވެ. އަދި އެ ކުންފުންޏާއި ދެކޮޅަށް ނެރެފައިވާ ބަޔާންތަކަކީ އެއްވެސް ގާނޫނީ އަސާސެއް ނެތް ބަޔާންތަކެއް ކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ.
މި މައްސަލައިގައި ކިންގްސް ފޮރެކްސް ކުންފުނީގެ އެކައުންޓުތައްވެސް ވަނީ ފްރީޒްކޮށްފައެވެ. އަދި އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު