މިދިޔަ 3 އަހަރުތެރޭގައި ސަރުކާރަށް އިތުރު 6669 ވަޒީފާ އުފައްދާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަންތްލީ ގަވަމަންޓް ވޭޖް އިންޑެކްސްގައިވާ ގޮތުން ސަރުކާރުގެ ވަޒީފާތައް މައިގަނޑު ގޮތެއްގައި ބެހިފައި އޮންނަ 3 ދާއިރާއަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން، އެޑިޔުކޭޝަން އަދި ހެލްތު އެންޑް ސޯޝަލްއެވެ.
މީގެތެރޭގައި ހިމެނެނީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ 17904 މުވައްޒަފުން، އެޑިޔުކޭޝަންގައި 4271 މުވައްޒަފުން އަދި ހެލްތު އެންޑް ސޯޝަލްގައި 5292 މުވައްޒަފުންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ގިނަ މުވައްޒަފުންގެ އަސާސީ މުސާރަ ހުރީ 6500 ރުފިޔާއާއި 9999 ރުފިޔާއާއި ދޭތެރޭގައެވެ. އަދި މިނިމަމް ވޭޖު ތަންފީޒުކުރަން ފެށި ނަމަވެސް، ސަރުކާރު މުވައްޒަފުންގެ ހަތަރުބައި ކުޅަ އެއްބައި މުވައްޒަފުންގެ މުސާރަތައް ހުރީ 5000 ރުފިޔާއަށްވުރެ ދަށުގައިކަމަށް މި ރިޕޯޓުން ދައްކައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަންތްލީ ގަވަމަންޓް ވޭޖް އިންޑެކްސްގައިވާ ގޮތުން މި ސަރުކާރުގެ މިވީ 3 އަހަރުގެ ތެރޭގައި ސަރުކާރުގެ ވަޒީފާތަކަށް ވަނީ 6669 ވަޒީފާ އިތުރުކޮށްފައެވެ. އަދި އޭގެތެރެއިން އެންމެ ގިނަ ވަޒީފާތައް އުފެދުނީ 2020 ވަނަ އަހަރުކަމަށާއި އެއީ 2755 ވަޒީފާކަމަށް ރިޕޯޓްގައިވެއެވެ.
ސަރުކާރުގެ ވަޒީފާތައް އިތުރުވަމުންދާއިރު، ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް ހަރަދުކުރަންޖެހެނީވެސް މުވައްޒަފުންނަށް މުސާރަ ދިނުންފަދަ ރިކަރަންޓް ހަރަދުތަކަށެވެ. އެގޮތުން މިއަހަރުވެސް ރިކަރަންޓް ހަރަދަށް 24.8 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު