ހައިކޯޓުގެ އުތުރު ގޮތްޕާއި އަދި ދެކުނު ގޮތްޕަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީއަތްތައް ފަށައިފިއެވެ.
ހައިކޯޓުގެ އުތުރު ގޮތްޕާއި އަދި ދެކުނު ގޮތްޕަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީއަތްތައް ފަށައިފައިވާއިރު، އެ މައްސަލަތައް ބެލުމަށް ހައިކޯޓުގެ ޝަރުޢީ ވަފްދެއް ވަނީ އެ ދެ ގޮފި ޤާއިމްކޮށްފައިވާ ރަށްތަކަށް ވަޑައިގެންފައެވެ.
ހައިކޯޓުގެ އުތުރު ގޮފި ގާއިމުކޮށްފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. ހައިކޯޓުގެ ދެކުނު ގޮފި ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީގެ ހުޅުމީދޫގައެވެ.
ހައިކޯޓުގެ އުތުރު ގޮތްޕަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށް ކުޅުދުއްފުށްޓަށް ވަޑައިގެންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއުއެވެ. އަދި މިއަދު ވަނީ އުތުރު ގޮފީގައި ހުރި މައްސަލަތަކުގެ ޝަރީއަތްތައްވެސް ފަށާފައެވެ.
ހައިކޯޓުގެ ދެކުނު ގޮފީގައި ހުރި މައްސަލަތަކުގެ ޝަރީއަތަށް ވަޑައިގެންނެވީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
ހައިކޯޓުގެ ދެކުނު ގޮފި އަދި އުތުރު ގޮފި ޤާއިމްކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް ރައީސް ސާލިހް ވަނީ ހައިކޯޓުގެ އުތުރު ގޮތްޕާއި އަދި ދެކުނު ގޮފި އުވާލުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު