މާފަރު އެއަރޕޯޓްގެ ރަންވޭ ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
މިއީ މާފަރުގައި ހިންގާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކުރި 3 ވަނަ ފަހަރެވެ.
ޕްލޭނިން މިނިސްޓްރީން ކުރި އިއުލާންގައި ބުނީ މާފަރު އެއާޕޯޓު ތަރައްގީކުރުމާއި ރަންވޭ އެކްސްޓެންޝަންގެ މަސައްކަތް "ފޭސް ދޭއް"ގެ މަޝްރޫޢު އީޕީސީ ޓާންކީ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އަދި މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ކަމަށްވެސް އިއުލާންގައިވެއެވެ.
މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން 135000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ. އަދި މިމަހުގެ 24ގެ ކުރިން ބިޑް ހުށަހަޅަންޖެހޭކަމަށްވެސް އިއުލާންގައިވެއެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި ފަށާނެކަން އިއުލާންކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރުގެ ޖެނުއަރީމަހު މާފަރަށް ކުރެއްވި ދަތުރުފުޅުގައެވެ.
3200 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމާ ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުއެވެ. އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި މި މަޝްރޫޢަށް ޔޫ.އޭ.އީން އެހީ ހަމަޖެހިފައިވާކަންވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު