ދިވެހިރާއްޖޭގެ ބައިވެރިވުމާއެކު، އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މާޗް މަހުގެ 15 ވަނަ ދުވަސް ފާހަގަކުރުމަށް އދގެ އާއްމު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ (އޯ.އައި.ސީ)ގެ ގައުމުތަކުގެ ފަރާތުން ހުށަހެޅި މި ގަރާރު ފާސްކުރުމަށް، ގަރާރުގައި ހިމެނޭ ކަންކަމުގައި ގައުމުތަކުން އެއްބަސްވުމަކަށް ގެނައުމަށް، އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.

އިންޓަނޭޝަނަލް ޑޭ ޓު ކޮމްބެޓް އިސްލާމޮފޯބިއާގެ ނަމުގައި ފާހަގަކުރާ މި ދުވަސް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާގެ ޚާރިޖީ ވަޒީރުންގެ ކައުންސިލުން 2020 ވަނަ އަހަރު ނޮވެމްބަރު މަހު ނީޖަރގެ ނިއާމޭގައި ނިންމި ބައްދަލުވުމުގައިވެސް ފޮރިން މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަތެވެ. އަދި މި ޤަރާރު އދގެ އާއްމު މަޖިލީހަށް ހުށަހެޅުމަށް މެމްބަރު ޤައުމުތަކުން ކުރި މަސައްކަތުގައި ރާއްޖެއިން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.

އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މަގްސަދުތަކުގެ ތެރޭގައި، އިސްލާމް ދީން ހިމެނޭހެން އެކި ދީންތަކަށް ނިސްބަތްވީތީ ކުރިމަތިވާ ތަފާތުކުރުންތަކާ ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި އަޅުކަންކުރާ ތަންތަނަށް އެކި ގޮތްގޮތުން ދެވޭ ހަމަލާތައް ކުށްވެރިކުރުންވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު


8

ޢެމްޕީ ފާއިޒު

18-Mar-2022

ތީތެދެއް ކަމަށްވާނަމަ އަހަރެމެން މުޅިއަހަރުގެ 365ދުވަސް ފާހަގަ ކުރާނަށް ކުރިސްޓިއަން ދީނާއި ނަސޯރާދީނާއި ބުދުދީންތަކަށް އެއްޗެހިކިޔާ މަލާމާތް ކުރުމުގައި އޯކޭ ދޯ! الله اكبر