ސިނަމާލެ ބްރިޖް ކައިރީގައި އޮންނަ ކުޑަ ބީޗަށް މިރޭ ވެލަޔަށް އެރުމުން ފުލުުހުން އެ ސަރަހައްދު ބަންދުކޮށް އެސޮރަށް ހިމާޔަތްދީފިއެވެ.
ބްރިޖް ކައިރިއަށް މިރޭ ވެލާ އަރާފައިވާއިރު ކުރިން ދެ ރެއަކުވެސް ހަމަ އެ ސަރަހައްދަށް ވެލައެއް ވަނީ އަރާފައެވެ.
އެންމެ ފަހުން ވެލާ އެރި ރޭ ފުލުހުން ގަދަކަމުން އެ ވެލާ ފޮނުވާލުމުން ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ. އެރެއާއި ހިލާފަށް މިރޭ ބްރިޖް ކައިރި ބީޗަށް އެރި ވެލައަށް ފުލުހުން ވަނީ ހިމާޔަތް ދީފައެެވެ.
މިރޭ އެ ސަރަހައްދަށް ވެލާ އެރުމުން ގިނަ ބަޔަކު އެ ސަރަހައްދަށް ވެލާ ބަލަން އެއްވެ ފޮޓޯ ނަގާފައިވެއެވެ. އެހެން ނަމަވެސް މިހާރު ފުލުހުން ވަނީ އެ ސަރަހައްދު ކޯޑަންކޮށް އެ ސަރަހައްދުގައި އާންމުން މަޑު ނުކުރުމަށް އަންގާފައެވެ. ވެލާ އާންމުކޮށް އެއްގަމަށް އަރަނީ ބިސް އެޅުމަށެވެ. ބެލެވޭގޮތުގައި މިރޭވެސް ވެލާއެރީ ބިސްއަޅާށެވެ.
ވެލަޔަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާޙައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ އެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

ހިނޭޖަހާ ވަޅުކޮނެ ބިސްއަޅަން ފަށަންދެން އެހާ ބޮޑަށް ވެލަޔާ ކައިރިނުވުން ރަނގަޅީ. ބިސްއަޅަން ފެށީމާ ކައިރިޔަށް ގޮސް ފޮޓޯނަގާ ވީޑިއޯ ކުރިސް އޯކޭވާނެ
— Hathim Ibrahim (@HaathimIbrahim) March 15, 2022
pic.twitter.com/FaoArsoODG
މިރޭ އެ ސަރަހައްދަށް ވެލާ އެރުމުން ގިނަ ބަޔަކު އެ ސަރަހައްދަށް ވެލާ ބަލަން އެއްވެ ފޮޓޯ ނަގާފައިވެއެވެ. އެހެން ނަމަވެސް މިހާރު ފުލުހުން ވަނީ އެ ސަރަހައްދު ކޯޑަންކޮށް އެ ސަރަހައްދުގައި އާންމުން މަޑު ނުކުރުމަށް އަންގާފައެވެ. ވެލާ އާންމުކޮށް އެއްގަމަށް އަރަނީ ބިސް އެޅުމަށެވެ. ބެލެވޭގޮތުގައި މިރޭވެސް ވެލާއެރީ ބިސްއަޅާށެވެ.
ވެލަޔަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާޙައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ އެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު