ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ސުޕާމާޓަށް ބޮޑެތި ބަދަލުތަކެއް ގެނަސް މިރޭ ހުޅުވައިފިއެެވެެ.

އޯކިޑް މަގުގައި ކުރިން ސުޕަމާޓް ހިންގަމުންދިޔަ އިމާރާތުގައި ހުޅުވި އެސްޓީއޯ ސުޕަސްޓޯ ހުޅުއްވައިދެއްވީ ނާއިބް ރައީސް ފައިސަލް ނަސީމެވެ. މި ސުޕަސްޓޯއިން އެސްޓީއޯގެ ގިނަ މުދާތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އެސްޓީއޯގެ ސްޕަސްޓޯރ މިފަހަރު ހުޅުވީ އަމިއްލަ ވިޔަފާރިތަކަށް ވެސް ރީޓެއިލް ވިޔާފާރީގެ ފުރުސަތު އެތަނުން ލިބިދޭ ވޮތަށެވެވެ.

ރާއްޖޭގައި އެހެން ތަނަކުން ނުލިބޭހާ ގިނަ އަދަދެއްގެ މުދާ އެއް ތަނަކުން ލިބޭނެ އިންތިޒާމް އެ ސުޕަސްޓޯރުން ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.



ފިހާރަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަ ހުސެއިން އަމްރު ރަޝާދު ވިދާޅުވީ އެ ސްޓޯރްގެ މައިގަނޑު މަގްސަދަކީ ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ސަރުކާރުން ކުރާ ވިޔަފާރި މަދުކުރުން ކަމަށެވެ. އާންމު ވިޔަފާރިތަކުން އެ ސުޕަސްޓްރޯގައި ބައިވެރިވެފައިވާ ކަމަށާއި އެގޮތުން 9 ވިޔަފާރިއެެއް ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.

ސުޕަސްޓޯގައި ހުންނަ ރީޓެއިލް ސްލޮޓްތައް އަމިއްލަ ވިޔަފާރިތަކަށް ހާއްސަކޮށްފައިވާއިރު، އެ ތަނުގައި އަމިއްލަ ރީޓެއިލް ވިޔަފާރިތަކަށް ހާއްސަ ވަކި ކައުންޓަރުތަކެއް ވަނީ ބަހައްޓާފައެވެ. އެކައުންޓަރުތަކުގައި އެ ވިޔަފާރިތަކުގެ މުދާ ވިއްކޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެެވެ.

އެސްޓީއޯގެ ހޯމް އިމްޕްރޫވްމެންޓުގައި އާންމުކޮށް ވިއްކާ ޓީވީ، ދަވާދު، އަދި ފްރިޖުފަދަ ތަކެތި އާ ސްޕަސްޓޯރުން ލިބެން ހުރިކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން