މިއަދު އެމްއޭސީއެލްގެ ފަރާތުން ކުރިއަށް ގެންދާ އެއަރޕޯޓް ފުލް ސްކޭލް އެމަރޖެންސީ އެކްސަސައިޒާ ގުޅިގެން 16:00 އިން ފެށިގެން 20:00 އަށް ބްރިޖްގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެވޭނެކަމަށް ފުލުހުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ބްރިޖްގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެވޭ ވަގުތު ތަކުގައި ފުލުހުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރެއްވުމަށް އެދިފައެވެ.
އެމްއޭސީއެލްގެ ފަރާތުން ކުރިއަށް ގެންދާ އެއަރޕޯޓް ފުލް ސްކޭލް އެމަރޖެންސީ އެކްސަސައިޒްގައި އެއަރ ޕޯޓްގެ އެކި ދާއިރާތަކުގެ އިތުރުން ޞިއްހީ ޚިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން ބައިވެރިވެއެވެ. އަދި މިހުރިހާ މުވައްސަސާތަކުގެ އިމަރޖެންސީ ޕްލޭން ޙަރަކާތްތެރި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިޙަރަކާތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު އޮޕަރޭޝަން ފަށާފައިވާ ގިނަ ތަންތަން ޓެސްޓްކުރެވޭނެއެވެ. އޭގެ ތެރޭގައި މިހާރު ވަގުތީ ގޮތުން ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ ކޯޑް-އެފް ރަންވޭ މިފަދަ ޚާލަތެއްގައި ބޭނުންކުރާނެ ގޮތް ޓެސްޓްކުރެވޭއެވެ.
މިއަދު ހަވީރު ހަތަރަކުން ރޭގަޑު އަށެއް ޖެހުމާއި ހަމައަށް ޙަރަކާތް ކުރިއަށް ގެންދާއިރު، ހަވީރު 4 އިން 6 އަކަށް އެއަޕޯޓުގެ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާނެއެއެވެ. ނަމަވެސް ބައިނަލް އަޤްވާމީ އުދުހުންތަކުގެ ޗެކްއިން އަދި ސީޕްލޭން އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު