މާލެއަށް އެރި ވެލާ އެޅި ބިސްތައް ފޯސީޒަން ރިސޯޓަށް ގެންގޮސްފިއެވެ.
ރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖް ކައިރީގައި އޮންނަ ކުޑަ ބީޗަށް ވެލަޔެށް އެރުމުން ފުލުުހުން އެ ސަރަހައްދު ބަންދުކޮށް އެސޮރަށް ހިމާޔަތްދީފައިވެއެވެ. މާލެ އަށް ރޭ އެރި ވެލާ 90 އަށް ވުރެ ގިނަ ބިސް އަޅާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ވެލާއެޅި ބިސްތައް ފޯސީޒަން ކުޑަހުރާއަށް ގެންގޮސްފައިވާއިރު އެރިސޯޓަކީ ރާއްޖޭގައި ވެލާ ބިސް ފީކުރާ ހާއްސަ ހެޗަރީ ހުންނަ ތަނެކެވެ. އެތަނުގައި ވެލާ އުފަންކޮށް މޫދަށް ދޫކުރުމަކީ ފޯސީޒަނުން ހިންގާ ޕްރޮގްރާމެކެވެ.
މާލެއަށް ވެލާ އެރުމުން ގިނަ ބަޔަކު އެ ސަރަހައްދަށް ވެލާ ބަލަން އެއްވެ ފޮޓޯ ނަގާފައިވެއެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދު ކޯޑަންކޮށް އެ ސަރަހައްދުގައި އާންމުން މަޑު ނުކުރުމަށް އަންގާފައެވެ. ވެލާ އާންމުކޮށް އެއްގަމަށް އަރަނީ ބިސް އެޅުމަށެވެ.
ވެލަޔަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާޙައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ އެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު