ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ބުނީ ރާއްޖޭގެ ސިއްޙީ ނިޒާމްގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި މިތަރުތީބުގެ ތެރެއިން ސިއްޙީ ނިޒާމަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން ކުރާ އެއް މަސައްކަތެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ތަހްލީލްކުރެވޭނެ ނުވަތަ ލެބޯޓްރީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ފަހިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގަމުން ގެންދާ ކަމަށެވެ.
"އެފަދަ ތަންތަން މިހާރު އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިއްޖެ. އެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން މިގެންދަނީ." ނަސީމް ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގައި މިހާރު ޚިދުމަތް ދެމުން އަންނަ ލެބޯޓްރީތަކުގެ ޚިދުމަތްތައްވެސް އިތުރަށް ފުޅާކޮށް އައު ޚިދުމަތްތައް ތަޢާރަފްކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ޓާޝަރީ ހޮސްޕިޓަލްތަކުގައި މިހާރު ހުންނާނީ އެންމެ މަތީ ލެވެލަށް ޚިދުމަތްތައް ދެވޭގޮތަށްކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ލެބޯޓްރީތައް ޤާއިމްކުރުމުގެ އިތުރުން ލެބޯޓްރީ ނެތް ރަށްރަށުން ނުވަތަ ތަންތަނުން ސާމްޕަލް ނަގައިގެން ލެބޯޓްރީއަށް ގެންދެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެ ރަށްރަށުން ނަގާ ސާމްޕަލް ލެބޯޓްރީއަށް ފަސޭހައިން ގެންގޮސް އޭގެ ނަތީޖާ ފޮނުވޭނެ ސަރަހައްދުތަކެއް ކަނޑައަޅާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ އަތޮޅުތަކުގައި 90އަށް ވުރެ ގިނަ ލެބޯޓްރީން ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު