2018 ވަނަ އަހަރު އެމްޑީޕީގެ ތެރޭގައި ބޭއްވި ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދު ކާމިޔާބު ކުރެއްވިޔަސް، އިންތިހާބުގައި ވާދަކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފުރުޞަތު ލިބުނު ގޮތާއި ގުޅޭގޮތުން ރައީސް ނަޝީދު ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވައިފިއެވެ.

ރައީސް ނަޝީދު މިވާހަކަ ދެއްކެވީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ސިޔާސީ މަސްރަހުގައި ކަންކަން ހިނގާ އުސޫލާއި ގުޅޭގޮތުން އާއްމު ކުރެއްވި ލިޔުއްވުމެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އަމަލު ކުރަމުން މިގެންދާ ޤާނޫނު އަސާސީ ވަނީ ދިވެހި ވެރިކަމުގެ ސިފައަށް ކިތަންމެ ބަދަލެއް ގެނަސްފައި ކަމަށާއި ގިނަ ބަދަލުތަކަކީ އިންތިހާއަށް ބޭނުންތެރި ރަގަޅު ބަދަލުތަކެއްކަމަށެވެ. ނަމަވެސް މިއަދު މި ޤާނޫނު އަސާސީއަށް އަމަލު ކުރާތާ 13 އަހަރު ވެފައިވާއިރު، މީގައި ހުރި ބައެއް ކަންކަމާއި ގުޅޭ ގޮތުން ވިސްނާންވެއްޖެކަމީ މިޤައުމުގެ ކަންކަމާއި ވިސްނާ އެކަކުވެސް ދެބަސްވާނެ ހަޤީގަތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމުގައި އެންމެ ގިނަ ވޯޓް ހޯދޭ ކެންޑިޑޭޓްއަކީ މޮޅުވާ ކެންޑިޑޭޓް ގޮތުގައި ކަނޑައެޅުން ބޭނުން ތެރިއެވެ. އަމަލު ކުރަމުން މިގެންދާ ޤާނޫނު އަސާސީގެ ދަށުން 3 ފަހަރަށް ރިޔާސީ އިންތިޚާބު ބޭއްވިއްޖެއެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އާންމު ހަމައެއްގެ ގޮތުގައި ފެނުނީ ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯދާ ޕާޓީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާތަންކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުގައި އެންމެ ގިނަ ވޯޓް ލިބުނީ ރައީސް މަޢުމޫނު ޢަބްދުލް ޤައްޔޫމަށްކަމަށާއި، އެހެންނަމަވެސް ދެވަނަ ބުރުގައި އެހެން ހުރިހާ ޕާޓީ އަކާއި ކެންޑިޑޭޓުން ރައީސް މައުމޫނު އާއި ދެކޮޅައް ނުކުމެ، ރައީސް މައުމޫނު ބަލިކުރީކަން ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ފުރަތަމަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ 25 އިންސައްތަ ކަމަށާއި ފުރުތަމަ ބުރާއި ދެވަނަ ބުރާއި ދެމެދުގައި ކުއްލިގޮތަކަށް ރާއްޖޭގެ އެތައް ރައްޔިތުންނެއް އެމަނިކުފާނާ ރުހި އެމަނިކުފާނަށް އަޣުލަބިއްޔަތު ވޯޓް ދިނީ ކަމަށް ދެކޭންވެއްޖެ ނަމަ، އެއީ ދޮގެއްގެ މައްޗަށް ދެކެވޭ ދެކުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވިދިގެން އައި ރިޔާސީ އިންތިޚާބުގައިވެސް އަސާސީ އުސޫލް ދިޔައީ އެއްހަމައެއްގައެވެ. އެންމެ ގިނަ ވޯޓް ލިބުނީ އަޅުގަޑަށެވެ. އެހެންނަމަވެސް ރައީސްކަމަށް ހުވާކުރެއްވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަދި އަމުދުން މިގޮތް ދިޔައީ ބޮޑުވެގެނެވެ. އެމް.ޑީ.ޕީގެ ޕްރައިމެރީ ލިބުނީ އަޅުގަޑަށެވެ. ނަމަވެސް ޕާޓީގެ ފަރާތުން ވާދަކުރެއްވީ ޕާޓީގެ ކޮންގްރެސްގެ ނިންމުމާއި އެއްގޮތައް މިހާރުގެ ރައީސް އިބަރާހިމް މުހަންމަދު ސޯލިހެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޮޑު ދެ ޕާޓީ، އެމް.ޑީ.ޕީ އާއި އަދި ޕީ.ޕީ.އެމަށްވެސް ތާއިދު އޮންނަނީ ދާދި އެއް މިންވަރެއްގައިކަމަށެވެ. އަދި މި ދެޕާޓީމެ، އިންތިޚާބު ކާމިޔާބު ކުރުމަށް އެހެން ކުދި ޕާޓީ ތަކާ ގުޅޭން ޖެހޭކަމަށާއި މި ގުޅުމަކީ ވަރަށް އަގުބޮޑު ގުޅުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރީގައި، 5 އިންސައްތަ ވޯޓް ހޯދުމަށް ޓަކައި އެމް.ޑީ.ޕީ ވަނީ އެމީހުންގެ ސަރުކާރުގެ ކެބިނެޓްގެ 60 އިންސައްތަ ދޫކޮށްފައިކަމަށާއި 5 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެއްދިއުމަށް 45 އިންސައްތަ ރައްޔިތުންގެ އުންމީދުތައް ފެންކޮށްލަނީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެފަދަ ބޭއިންސާފުގައި ވެރިކަމުގެ ކަންކަން ގެންދަނީނަމަ އެތައްގޮންޖެހުމަކާއި ކުރިމަތިލާންޖެހޭނެއެވެ. ގިނަ ބައިވަރު މީހުނަކީ ބާކީވާ މީހުން ކަމުގައި އެމީހުން ދެކެނީނަމަ ނުކުރާނެ ހިތި ނަތީޖާތައް ޤައުމުތަކުގެ ހަޔާތުގައި ވަނީ ސާފު ވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތައް ބަދަލު ގެނެއުމަކީ މިރާޖޭގެ އިޖްތިމާއީ، އިޤްތިސޯދު އަދި ސިޔާސީ އަދާލަތައް ކޮންމެހެން ބޭނުން ތެރިކަމެކެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދަކީ ރާއްޖޭގެ ޤާނޫނުއަސާސީ ދަންނަކަމެއް ނޫންކަމަށާއި އެއް ގޮތަކަށްވެސް ބަޔާންކޮށްފައިވާ ކަމެއްވެސް ނޫންކަމަށެވެ. އެހެންނަމަވެސް އަމަލު މިކުރާ ޤާނޫނުއަސާސީގެ ދަށުން އުފެދުނު ތިން ވެރިކަންވެސް ހިންގާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އާއި "އޭނާގެ" ވަޒީރުންގެ މަޖިލީހަކުން ނޫންކަމަށާއި. ވެރިކަންތައް ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އޭނާއަށް ތާއިދު ކުރާ ޕާޓީތަކެއްގެ މެންބަރުންގެ މައްޗައް އެކުލެވިގެންވާ ވަޒީރުންގެ މަޖިލީހަކުންކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"އިއްތިހާދު މެދުވެރިކޮށް ކާމިޔާބު ކުރާ ރިޔާސީ އިންތިހާބަށް ފަހުގައި، އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކަންޑައެޅުމުގެ ޝަރުތުތަކެއް ޤާނޫނު އަސާސީއަށް އިތުރުކުރުން ބޭނުންތެރިއެވެ. އެ ޕާޓީއަކުން މަޖިލީހުގައި ތަމްސީލް ވާ މިންވަރާއި އަދި ކައުންސިލްތަކުގައި ތަމްސީލްވާ މިންވަރު އެއީ ޕާޓީތަކަށް ތާއިދު އޮތް މިންވަރު އަންގުވާދޭ ތަރާދުތަކެވެ. އެކުލަވާލެވޭ އިއްތިހާދު ސަރުކާރުގައި ވަޒީރުން ނާއި އަދި އެހެނިހެން ސިޔާސީ މަޤާމްތަކަށް މީހުން ކަޑައެޅުމުގެ ހެޔޮ ގޮތަކީ އެ ޕާޓީއަކަށް ރައްޔިތުންގެ ތާއިދު އޮތް މިވަރެއްގެ މައްޗަށްބިނާކޮށް، ޕާޓީ ތަކަށް ޖާގަ ދިނުމެވެ. ދިވެހި ވެރިކަމުގެ ހިންގުމަށް ހަވާލުވެ ތިބޭ ދައުލަތުގެ މުއައްޒަފުންނާއި އެވެރިކަން ހިނަގާންވީ ގޮތް ކަނޑައެޅުމަށް ތިބޭ ރައްޔިތުން އިންތިޚާބު ކުރާ ސިޔާސީ މީހުނާއި ދެމެދުގެ މައްސަލަހަތުތައް ބެލެހެއްޓުމަށް ޤާނޫނު އަސާސީ ވިސްނި ގޮތަކީ އެތައްބައިވަރު މިނިވަން މުއައްސަސާތަކެއް އުފެއްދުމެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުން މިގެންދާ ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީސް އެކުލެވިގެން މިވަނީ 5000 މީހުން ހިމެނޭ އިތިހާބީ ދާއިރާތަކެއްގެ މައްޗަށްކަމަށާއި ކޮންމެ މެންބަރަކުވެސް ތަމްސީލު ކުރައްވަނީ ވަކި ސަރަހައްދެއްކަމަށެވެ. މި އުސޫލްގައި ކުރިއަށް ދިއުމުން ކޮންމެ 5 އަހަރަކުން މަޖިލީހުގެ ގޮޑީގެ އަދަދު އެބަ އިތުރުވާކަމަށާއި، މިކަމަށް ހައްލެއް ގެނައުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލްވާން ފެށުމުން މުޅި ރާއްޖޭގެ ވަކާލާތައް ފަހިކަން ލިބޭކަމަށެވެ. އަދި މިއަދުގެ ދިވެހި ރާއްޖޭއަށް އެންމެ ބޮޑަށް ބޭނުން ވެފައިވާ އެއްކަމަކީ، މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްކަމަށާއި ވަކި ވަކި ދާއިރާތަކަށް ވަކާލާތު ކުރައްވާ މެންބަރުން އެކަނި އެކުލެވޭ މަޖިލީހުގައި، ކޮންމެ މެންބަރަކުވެސް ބާރު އަޅުއްވާނީ އެމެންބަރެއްގެ ދާއިރާއަށް ރަގަޅުގޮތް ހޯދުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހީންގެ ޢާ ޢާންމު ހާލަތު ރަގަޅުކޮށް ދިވެހީންނަށް ލިބޭ އެއްޗެއް އިތުރުކުރުމަށް، ދިވެހިރާއްޖޭގެ ފަރާތުން ކުރާ ވަކާލާތުގެ އަޑު ގަދަވާން ޖެހޭކަމަށާއި ރާއްޖޭގެ މަޖިލިސް އެކުލެވިގެން ވާގޮތް ބަދަލުވާން ޖެހޭކަމަށް މިއަދު ދެކުން މަޖުބޫރުވެއްޖެކަަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-5

އަލީީ

21-Mar-2022

މައުމޫނު ބަލި ނުކުރެވުނުކަމަށް އަމިއްލައަށް އިަުތިތާފް މިވީ


-10

ބިސް

18-Mar-2022

ނަޝީދަށް ވެރިކަން ލިބުނުނަމަ ތިދެއްކިވާހަކަ ހުންނާނީ އެހެން ރާގަކަަށް


-3

ހުޅެހި

18-Mar-2022

ތިޔައީ ދޭތެރެ ޖައްސަން- ރައީސް އޮފީހުން ނެރޭ ނޫހެއް. އަންނިގެ ލިޔުމުގައި އޮތީ 'ޕްރައިަމރީ ލިބުނީ އަޅުގަނޑަށް" މޮޅުވީކީއޭ ނޫން އޮތީ.


1

އިބްރާހިމް މުހަންމަދު ސާލިހު

18-Mar-2022

މިހާރު ބަރުލަމާނީ އައްތާއީދުނެތީމަ 30%.. މޮޔަފުޅު ވީމަ ވަނީ ތިވަރު.. ތިމާ ބޭނުން ވީމަ ގާނޫން ބަދަލް ކޮއް ހާވާނެ އެއްޗެއް ހާވަންވީ ދެނެއްނެއް އެފުސަތެއް