ކޯވިޑާއި ގުޅިގެން އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ދަތިވިނަމަވެސް، ރާއްޖޭގެ ރައްޔިތުންނަށް ދަތިނުވަނީ ސަރުކާރުގެ ހިކުމަތްތެރި ފިޔަވަޅުތަކުގެ ސަބަބުންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ކޯވިޑާއި ގުޅިގެން އަވަށްޓެރި ސްރީލަންކާގެ ހާލަތު ވަރަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތް ކުރަށްވައެވެ. ކޯވިޑާއި ގުޅިގެން ލަންކާގެ އިގުތިޞާދީ ހާލަރު ވަރަށް ބޮޑަށް ގޯސްވެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދުނުމަށް ވެސް ލަންކާ ސަރުކާރު ވަނީ ނުކުޅެދިފައެވެ.



ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ލަންކާގައި ދިމާވެގެން އުޅޭ ފަދަ ހާލަތަކަށް ރާއްޖެ ނުވެއްޓި ޤައުމު ސަލާމަތް ކުރެވުނީ ސަރުކާރުން އެޅި ހިކުމަތްތެރި ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އަދި އެކަންކަން ޝުކުރުވެރިކަމާއެކު ޤަބޫލުކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ލަންކާގެ އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، ތެލާއި ގޭސް ލިބުން ދަތިވެފައިވާތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. ތެލުގެ ސްޓޮކް ދަށްވުމާއި ގުޅިގެން ކޮންމެ ދުވަހަކުވެސް ގެންދަނީ އެތައް ގަޑިއިރަކަށް ކަރަންޓުގެ ޚިދުމަތްވެސް ކަނޑަމުންނެވެ. މީގެއިތުރުން ލަންކާގެ ފައިސާގެ އަގު ވަރަށް ބޮޑަށް ދަށްވެ ކާބޯތަކެތީގެ އަގުތައް ވެސް ވަނީ އެތައް ގުނަ އަކަށް ބޮޑުވެފައެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ހާލަތަކަށް ކަންކަން ނުގޮސް އިގުތިޞާދު އަލުން ކޮޅަށް ޖެހުނީ ރައީސް ޞާލިހާއި އެމަނިކުފާނުގެ ސަރުކާރުގެ ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު އެޅި ހަރުދަނާ ފިޔަވަޅު ތަކެއްގެ ސަބަބުންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު


2

އިކުރާމް

18-Mar-2022

މިއަދދުމިއުޅޭދަތިހާލުގައިއުޅުނުހަނދާނެއްނެތް މިހާރުއުމަރަކީ ފަންސާސްނުވައަހަރާދިހަމަހާނުވަދުަސް