ގއ. ކޮނޑޭ މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފިއެވެ.
ޖޭއެސްސީން އޭނާ ސަސްޕެންޑްކޮށްފައިވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށެވެ.
ޖޭއެސްސީން އޭނާ ސަސްޕެންޑްކޮށްފައިވަނީ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި އަމަލީގޮތުން ބައިވެރިވެފައިވާކަން ސާބިތުވެފައިވާތީކަމަށް އެ ކޮމިޝަނުން ބުނެއެވެ. އެގޮތުން މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް އޭނާ ސަސްޕެންޑްކޮށްފައިވަނީ އެއް މަސްދުވަހަށެވެ.
ޖޭއެސްސީން ބުނީ ކޮނޑޭ ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، އެމައްސަލައިގެ ލިޔެކިޔުންތަކެއްގައި ސޮއިކޮށްފައިވާކަމަށެވެ. އެގޮތުން އެމައްސަލައިގައި ދަޢުވާ ލިބޭފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި އޭނާ ސޮއިކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު