ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ .ޑީ.ސީ)އާއި ޓޫރިޒަމް އިންޑަސްޓްރީގެ އެހެން ސްޓޭކް ހޯލްޑަރުން ގުޅިގެން އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ އިވެންޓެއް އިންޑިއާގެ ކޮމާޝަލް ކެޕިޓަލް، މުމްބާއިގައި ބާއްވައިފިއެވެ.



މާރިޗު 14 ން 16 އަށް މުމްބާއިގައި ކުރިއަށްދިޔަ ޓޫރިޒަމް ފެއަރ "އައުޓް ބައުންޑް ޓްރެވަލް މާކެޓް،" އޯ.ޓީ.އެމް ގެ ހަވާސާގައި ބޭއްވި މި އިވެންޓު އޮތީ ވެސްޓިން ހޮޓެލްގައެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް އިންވެސްޓްމަންޓާއި ކަނެކްޓިވިޓީ ފަހިކުރުމުގެ ގޮތުން ވަކިން ޚާއްޞަކޮށް ތިލަދުންމައްޗާއި މިލަދުން މަޑުލުގެ ފަތުރުވެރިކަމަށް އަމާޒުކުރެވިގެން ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ނ. އަތޮޅު ކައުންސިލާއި ހދ. އަތޮޅު ކައުންސިލުން ބައިވެރިވިއެވެ.

އިންޑިއާގެ އިންވެސްޓަރުންނާއި އެއަރ ލައިން އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް މީޑިއާ ބައިވެރިވި މި އިވެންޓުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ކަނެކްޓިވިޓީގެ ފުރުސަތުތަކުގެ މަޢުލޫމާތާއި

ރާއްޖޭގެ ފަތުރުވެރިކަމުގެ މަޢުލޫމާތު ހިއްސާކުރެވި ފަތުރުވެރިކަމުގެ މުޢާމަލާތްތައް ކުރުމުގެ މަޝްވަރާތައް ކުރިއެވެ. އަދި އިވެންޓުގައި ފަތުރުވެރިކަމުގެ ރަންއަހަރުގެ ތީމް ސޯންގް "ނަލަ ނަލަ ރާއްޖެ" އިޝްތިހާރު ކުރުމާއި ގޯލްޑަން ޖުބްލީގެ އެކި އެކި ހަރާކާތްތަކުގެ ތެރެއިން ފޭސްބުކާއި އިންސްޓެގްރާމްގައި ވީޑިއޯ ޗެލެންޖެއް ކުރިއަށް ގެންދިއުމަށް އިޢުލާންކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން