ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިރޭ ބުނީ 7.4 މެގްނިޓިއުޑްގެ ބާރު މިނުގައި ޖަޕާނުގެ ހޮންޝޫ އަށް ބާރުގަދަ ބިން ހެލުމެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.

ބިން ހެލުން އައީ ރާއްޖެއާ 7653 ކިލޯ މީޓަރު ދުރުންނެވެ. ޖަޕާނަކީ ދޭތެރެ ދޭތެެެރެ އިން ބިންހެލުން އަންނަ ގައުމެކެވެ.



ކިޔުންތެރިންގެ ހިޔާލު