އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސްކަމުގެ މަޤާމަށް އަލްއުސްތާޛް އާދަމް ޝާމިލް އަދި ނައިބް ރައީސަކަށް އަލްއުސްތާޛް އަބްދުއްސަލާމް އައްޔަންކުރަން އެ ކޮމިޝަނުން ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓިކޮރަޕްޝަން ކޮމިޝަނަށް އައު 5 މެންބަރަކު މިއަދު ވަނީ ޢައްޔަންކުރައްވާފައެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ،
1. އަލްއުސްތާޛު އާދަމް ޝާމިލް ރަތްވިލާގެ، ތ.ވިލުފުށި
2. އަލްއުސްތާޛު ޢަބްދުއްސަލާމް ހަވާ، ށ.ނަރުދޫ
3. އަލްއުސްތާޛު ޠާހާ މުޙައްމަދު ކަޅިހާރުގެ، އދ.މާމިގިލި
4. ޝަޒްނާ ހާޝިމް ރިހިވިލު، ހދ.ނޮޅިވަރަންފަރު
5. އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ނާރެސް، ރ.ހުޅުދުއްފާރު
ކޮމިޝަނުގެ މެމްބަރުކަމަށް ބޭފުޅުން އައްޔަންކުރުމަށްފަހު މިއަދު ބޭއްވި އޭސީސީގެބައްދަލުވުމުގައި، ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް އައްޔަން ކުރަން މެމްބަރުންގެ އައުލަބިއްޔަރުން ފާސްވީ، އަލްއުސްތާޛް އާދަމް ޝާމިލްއެވެ. ނައިބް ރައީސަކަށް އައްޔަން ކޮށްފައިވަނީ އަލްއުސްތާޛް އަބްދުއްސަލާމްއެވެ.
އަލްއުސްތާޛު އާދަމް ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އަލްއުސްތާޛު އާދަމް ޝާމިލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯސް ހާސިލު ކުރައްވާފައެވެ.
އަލްއުސްތާޛު ޢަބްދުއްސަލާމް އެންމެފަހުން ހުންނެވީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގައެވެ. އަލްއުސްތާޛު ޢަބްދުއްސަލާމް ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު