15 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ކުރިއަށްގެންދާ މި މަޝްރޫއަކީ އެ މިނިސްޓްރީން ކުރިއަށްގެންދާ އެރައިސް މަޝްރޫޢުގެ ދަށުން ހިންގާ މަސައްކަތްތަކެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި މިމަސައްކަތަށް 30 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެއެވެ. އަދި މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރޮކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ.
މަޝްރޫއޫގެ ދަށުން ކަރަންޓް ނެޓްވޯކް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ؛
1. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް
2. އައްޑޫ ސިޓީގެ ހުޅުމީދޫ
3. ފުވައްމުލައް ސިޓީ
4. ކުޅުދުއްފުށީ ސިޓީ
5. ގދ. ތިނަދޫ
6. ބ. އޭދަފުށީ
7. ޅ. ހިންނަވަރު
8. ލ. ފޮނަދޫ
9. ލ. އިސްދޫ
10. ލ. ކަލައިދޫ
11. ލ. ދަނބިދޫ
12. ލ. މާބައިދޫ
13. ލ. ކުނަހަންދޫ
14. ލ. ހިތަދޫ
15. ށ. ފުނަދޫ
މިމަސައްކަތުގެ ދަށުން މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި، ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވަރކް ފުޅާކުރުމާއި، ދުވަސްވެފައިވާ ޓްރާންސްފޯމަރތައް ބަދަލުކުރުން ކުރިއަށްދާނެއެވެ. މީގެއިތުރުން ޒަމާނީ ފެންވަރަށް ކަރަންޓް ވިއުގަ ތަރައްޤީކުރުމުގެ ގޮތުން ކޮމިއުނިކޭޝަންނެޓްވަރކް އެޅުމާއި ނެޓްވަރކަށް އޮޓޮމޭޓެޑް ފީޗަރސްތައް އިންޓެގްރޭޓް ކުރުންވެސް ހިމެނެއެވެ.
މި މަސައްކަތްތައް ފުރިހަމަވުމުން ކުރިއަށްއޮށް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވަރކް އިންފްރާސްޓްރަކްޗަރ ކަށަވަރުވެގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު