އިންޑިޔާ ކަނޑުގެ ރީނދޫއުރަހަ ކަންނެލި ރެޑްލިސްޓްކޮށް އެގަތުން އެމެރިކާގެ ޖަމުއިއްޔާއަކުން ހުއްޓުވައިފިއެވެ.

ރާއްޖެ ހިމެނޭ ގޮތަށް އިންޑިޔާ ކަނޑުގެ ރީނދޫއުރަހަ ކަންނެލި ރެޑްލިސްޓްކުރި އެމެރިކާގެ ސީފުޑް ވޮޗްއަކީ ތިމާވެއްޓާއި ކަނޑުގެ ދިރުން ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް މަސައްކަތްކުރުމަށް ބާރު އަޅާ ޖަމްއިއްޔާއެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖެވެސް ހިމޭގޮތަށް އިންޑިޔާ ކަނޑުގެ ރީދޫއުރަހަ ކަންނެލި ރެޑްލިސްޓްކުރީ ‏އިންޑިޔާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކަށް ގެއްލުން ލިބިފައިވާތީ އަދި ސްޓޮކު އާލާކުރުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން މެދުވެރިކޮށް ފިޔަވަޅުނޭޅޭތީކަމަށެވެ.



އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް މަދުވަމުން ދިޔުމާއި މިކަމަށް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް ބުނެ ރީނދޫ އުރަހަ ކަންނެލި ބޮއިކޮޓު ކުރުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް މިދިޔަ އަހަރު ވަނީ ގޮވާލާފައެވެ. ނަމަވެސް މިކަމަށް އެދެވޭ ހައްލެއް ނުލިބުމަކީ ރާއްޖޭގެ މަސްވެރިން ބާނާ މަސް އެގައުމުތަކަށް އެކްސްޕޯޓް ނުކުރެވެންވީ ސަބަބެއް ނޫންކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެމެރިކާ ޖަމުއިއްޔާއަކުން ރާއްޖެ ހިމެނޭހެން ރީނދޫ އުރަހަ ކަންނެލި ރެޑް ލިސްޓްކޮށްފައިވާއިރު، ފިޝަރީޒް މިނިސްޓަރ މިހާރުވެސް ވަޑައިގެން ހުންނެވީ މަސްވެރިކަމާއި ބެހޭ ބައްދަލުވުންތަކަށް އެމެރިކާގައެވެ. މިއީ ބޮސްޓަން ސީފުޑް އެކްސްޕޯގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ސީފުޑް އެކްސްޕޯއަށްފަހު ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަންކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


-4

ޗާޗާ

18-Mar-2022

ދެން ނެތެއްނު ކައިގެން އުޅެވޭކަށްދޯ! އެއީ އިންސާނުންނަށް ޓަކާ މާތް ﷲ މި ބިން މަތީގަ ދެއްވި ރިޒްގް. ޢޭގެ ބެނުން ކުރަަނެ އެމެރިކާ ކޮނމެ އެއްޗެއްކިޔަސް. ފުރަތަމަ އިންސާނުން ނުމަރާ ހިމާޔަތް ކުރެވޭތޯ ބަލަމާ??