އަހުމަދު މަސްނޫމް   18 މާރިޗު 2022 - 0:10
މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓޫރިޒަމް، ޑރ. އަހުމަދު ސާލިހުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމްކުރުން މިމަހުގެ 29 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ސްޓޭޓް މިނިސްޓަރ ސާލިހްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ. މި ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރާ ކަމަށް ބުނާ ބައެއް ރަށްތަކުގެ ތަހުގީގެއް ނުކުރާކަމަށް ބުނެ ސޯލިހް ސޮއިކުރައްވާ ބައެއް ފަރާތްތަކަށް ފޮނުއްވި ސިޓީތަކަކާ ގުޅިގެންނެވެ.

މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުންވެސް ހުލާސާ ބަޔާން އިއްވާފައިވާއިރު، ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުމެވެ.

ސާލިހާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އޭނާގެ ފަރާތުން ބުނަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކުރި މަސައްކަތެއް ފެންނަން ނެތްކަމަށެވެ. ނަމަވެސް ދައުލަތުން ބުނަނީ އެސެޓް ރިކަވަރީ ކޮމިޝަނުން ބައެއް ރަށްތަކާ ގުޅިގެން ބައެއް ކަންކަން ނުކުރަން އަންގާފައި ވަނިކޮށް އެންގުމާ ހިލާފަށް ސޯލިހް ބައެއް ކަންކަން ކުރައްވާފައިވާކަމަށެވެ.

މިމައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން މިމައްސަލައިގައި އޮންނާނީ ހުކުމް ކުުރުން ކަމަށާއި، އެ މަޖިލިސް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


0

ކޮރަކަލި

18-Mar-2022

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި މިއޮތް ޝަރުޢީ ނިޒާމް ވަނީފޭލިވެފައި ދިވެހިރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާއްތެރިވެފައިވާ މަށްސަލަ ނުބެލޭތީ ޕުސެކިއުޓަރުން ނަށްމިއުޅެނީ އެންމެ މީހެއްގެ ފަރާތުން ސަލާމަތް ނުވެގެން