މޫސުމީ މައްސަލަތަކާއި ގުޅިގެން ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީވުމަށް އެމެރިކާއިން 3.2 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޔޫ.އެސް.އޭ.އައި.ޑީ މޯލްޑިވެސްގެ މިޝަން ޑައިރެކްޓަރ ރީޑް އެއިޝްލިމަނެވެ.
މި އެއްބަސްވުމުގެ ތެރެއިން، ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެމެރިކާއާއި ދިވެހިރާއްޖެއިން ސަމާލުކަންދޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ގެނުވާނެކަމަށް ޔޫ.އެސް.އޭ.އައި.ޑީ މޯލްޑިވެސްގެ މިޝަން ޑައިރެކްޓަރ ރީޑް އެއިޝްލިމަން ވިދާޅުވިއެވެ. އަދި މި އެއްބަސްވުމަކީ އެމެރިކާއާއި ދިވެހި ސަރުކާރާ ރައްޔިތުންނާއެކު އިތުރުވަމުންދާ އެއްބާރުލުން ފެނިގެންދާނެ ހަރުދަނާ ރަމްޒެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއި ދިވެހިރާއްޖެއާއި ދެމެދު ވެފައިވާ މިބައިލެޓްރަލް އެގްރީމަންޓްގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ 12 މާރޗް 2019 ގައެވެ. އޭގެ ފަހުން އެމެރިކާއިންވަނީ ދިވެހިރާއްޖެއަށް 25 މިލިއަން ޑޮލަރަށްވުރެ ގިނަ ބައިލެޓްރަލް އެހީ ފޯރުކޮށްދިނުމަށް އޮބްލިގޭޓްކޮށްފައެވެ.
އަލަށް ސޮއިކޮށްފައިވާ އެމެންޑްމެންޓާއެކު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އެހީތެރިވުން ހިމެނިގެންދާނެއެވެ. ޔޫ.އެސް.އޭ.އައި.ޑީއިން ދަނީ ތިމާވެށީގެ ވިލުންވެރިކަން އިތުރުކުރުމަށާއި، އިގުތިސާދީ އަދި ޑިމޮކްރެޓިކް އިސްލާހި ބަދަލުތައް ރާވާ ހިންގުމަށާއި، ބާރުވެރި އަދި ހިންގުންތެރި މަދަނީ ޖަމިއްޔާ ޖަމާއަތެއް ބިނާކުރުމަށް ދިވެހިސަރުކާރާ ގުޅިގެން މަސައްކަތްކުރަމުންނެވެ.

The seventh amendment to the Development Objective Grant Agreement (DOAG) has been signed between the Maldives 🇲🇻 and the United States of America 🇺🇸 today.
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 16, 2022
📃 Press Release | https://t.co/78VPEK86zD pic.twitter.com/vaME2QZjjU
އެމެރިކާއާއި ދިވެހިރާއްޖެއާއި ދެމެދު ވެފައިވާ މިބައިލެޓްރަލް އެގްރީމަންޓްގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ 12 މާރޗް 2019 ގައެވެ. އޭގެ ފަހުން އެމެރިކާއިންވަނީ ދިވެހިރާއްޖެއަށް 25 މިލިއަން ޑޮލަރަށްވުރެ ގިނަ ބައިލެޓްރަލް އެހީ ފޯރުކޮށްދިނުމަށް އޮބްލިގޭޓްކޮށްފައެވެ.
އަލަށް ސޮއިކޮށްފައިވާ އެމެންޑްމެންޓާއެކު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އެހީތެރިވުން ހިމެނިގެންދާނެއެވެ. ޔޫ.އެސް.އޭ.އައި.ޑީއިން ދަނީ ތިމާވެށީގެ ވިލުންވެރިކަން އިތުރުކުރުމަށާއި، އިގުތިސާދީ އަދި ޑިމޮކްރެޓިކް އިސްލާހި ބަދަލުތައް ރާވާ ހިންގުމަށާއި، ބާރުވެރި އަދި ހިންގުންތެރި މަދަނީ ޖަމިއްޔާ ޖަމާއަތެއް ބިނާކުރުމަށް ދިވެހިސަރުކާރާ ގުޅިގެން މަސައްކަތްކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު