އައްޑޫ ސިޓީ ލިންކް ރޯޑްގައި ކާރެއް ރުކަކަށް އަރައި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

އައްޑޫ ލިންކްރޯޑުގައި ހުންނަ "ކުނި ގޮނޑު" ސަރަހައްދުގައި މި ހާދިސާ ހިނގާފައިވަނީ ހިތަދޫން ގަމާއި ވީ ފަޅިއަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ރުކަކަށް އަރައިގެންނެވެ.

މި އެކްސިޑެންޓް ހިނގިއިރު ކާރުގައި ދެ މީހުން ތިބިއިރު އެ ދެމީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އަނިޔާވި މީހުން އައްޑޫ ހޮސްޕިޓަލަށް ގެންގޮސް މިހާރު ވަނީ ފަރުވާ ދޭން ފަށާފައެވެ. މިހާދިސާގައި އަނިޔާ ލިބުނު މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެެއެވެ.

މި ހާދިސާގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު