ޅ. ކުރެންދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެ ރަށަށް ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެންދޫއަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. ރައީސް ނަޝީދު ކުރެންދުއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.



ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒާއި ޕާޓީގެ އިސްބޭފުޅުން ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ ކުރެންދޫގައި ބޭއްވުމަށް ވަނީ ނިއްމާފައެވެ.

އެޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައި ކުރެންދޫ ދެކުނު އަވަށު މައިޒާން ސަރަހައްދުގައެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވީ އެ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެމްޑީޕީގެ ފަރާތުން ކުރެންދޫ ކައުންސިލަށް އަލީ ނަަސީމް ވާދަކުރައްވާއިރު ޕީޕިއެމްގެ ފަރާތުން އެ ގޮނޑިއަށް ވާދަކުރައްވަނީ އިސްމާއީލް މަދީހެވެ.

މި ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު


-5

ބުއްޅަބޭ

19-Mar-2022

ހޫނުމަރުހަބާއެކޯ ވަރަށް މަދުމީސްކޮޅެއް އެތަނަށްދިޔައީ ޕްރޮޕެގަންޑާފަތުރަންވެސް ވަރަށް މަމޮޅުކަމަށް ހެދިގެންއުޅޭބައެއް